ޚަބަރު

އައިޓީއެފް ޖޭ 30: ދިވެހި ކުޅުންތެރިންނަށް ރަނުގެ ފުރުސަތެއް


  • ރާއްޖޭގައި އައިޓީއެފް ޖޭ 30 ބާއްވާ 2 ވަނަ އަހަރު

  • މިއީ ދިވެހި ކުޅުންތެރިން ބައިނަލްއަގްވާމީ ވަރުގަދަ މުބާރާތްތަކަށް ތައްޔާރުވާން ލިބޭ ބޮޑު ފުރުސަތެއް

  • މަތީ ފެންވަރުގެ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ލިބި، ފެންވަރު މަތިވާނެ

ބައިނަލް އަގްވާމީ ބޮޑެތި މުބާރާތްތައް ރާއްޖެއަށް ގެނެސް ހަލުވި ބާރުމިނެއްގައި ރާއްޖޭގެ އެތުލީޓުން ކުރިއަރުވާ އެއް ކުޅިވަރަކީ ޓެނިހެވެ.

އެގޮތުން މިއަހަރުގެ ފުރަތަމަ މުބާރާތަކަށް މިހާރު ކުރިޔަށް ގެންދާ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) ގެ ޖޭ 30 މުބާރާތަކީ ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑީވްސް (ޓޭމް) އިން ބުނެއެވެ.

އައިޓީއެފްގެ ޖޭ 30 ގެ ފުރަތަމަ މުބާރާތް 2025 ވަނަ އަހަރު ކާމިޔާބުކަމާއެކު ބޭއްވުމަށްފަހު ރާއްޖެއިން ބައިނަލްއަގްވާމީ ޓެނިސް އިދާރާއާއި އޭޝިއާ އިދާރާގެ އިތުބާރު ހޯދާ، މިދިޔަ އަހަރަށްވުރެ ފުރިހަމައަށް މިއަހަރުގެ މުބާރާތް ވަނީ އިންތިޒާމުކޮށްފައި ކަމަށް ޓޭމް އިން ބުނެއެވެ.

ޓޭމްގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވިދާޅުވީ "ރާއްޖެއިން އައިޓީއެފް ޖޭ 30 ޓޯނަމަންޓް ހޯސްޓް ކުރުމަކީ ދިވެހި ކުޅުންތެރިންގެ ފެންވަރު މަތިކުރުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް. އަމިއްލަ ފަސްގަނޑުގައި ބައިނަލްއަގްމީ މުބާރާތެއް ބޭއްވުމަކީ ޒުވާން ކުޅުންތެރިންނަށްއެކި ގައުމުތަކުގެ ކުޅުންތެރިންނާ ވާދަކުރުމުގެ ފުރުސަތު ލިބި އެހެން ގައުމަކަށް ދަތުރު ނުކޮށްވެސް ގިނަ ބައިނަލްއަގްވާމީ ތަޖުރިބާތަކެއް ލިބޭނެ ކަމެއް" ކަމަށެވެ.

އެހެންކަމުން މި މުބާރާތުގެ ސަބަބުން ޓެނިހުގެ ދުނިޔޭގެ ރޭންކިންގައި ވަރުގަދަ ގައުމުތައް ކަމަށްވާ، އެމެރިކާ، ޖަރުމަނު، ރަޝިޔާ، ކެނެޑާ، ޖަޕާން، ކޮރެއާ، ޗައިނާ، ސިންގަޕޫރު، ޕިލިޕީންސް ފަދަ ގައުމުތަކާއި އަވަށްޓެރި އިންޑިއާ ސްރީލަންކާ ފަދަ ގައުމުތަކާއި ވާދަކޮށް ތަޖުރިބާ ހޯދުމާއެކު ކުރިއަށްދާން ދިވެހި އެތުލީޓުންނަށް އިތުރު އުންމީދާ ފުރުސަތުތައް މި މުބާރާތުގެ ސަބަބުން ހުޅުވިގެންދާނެ ކަމަށް ޓޭމް އިން ދެކެއެވެ.

"ބައިނަލްއަގްވާމީ މިންގަޑުތަކާއި އިންޓެންސިޓީއާއި، ޓެނިހުގެ މާހައުލަށް ހޭނުމަށް އަޅޫގަނޑުމެން ކުޅޫންތެރިން މި މުބާރާތުން ބޮޑު ފުރުސަތެއް އެބަލިބޭ" އިގްނާޒް ވިދާޅުވިއެވެ. އަދި މި ފެންވަރުގެ މުބާރާތްތަކަކީ އައިޓީއެފް މިންގަނޑުތަކަށް ފެތޭގޮތަށް އޮފިޝަލުންނާއި ކުޅުންތެރިންގެ އެކޮމޮޑޭޝަނާއި، ކޯޓު ސްޓޭންޑަޑް މެއިންޓެއިންކުރުމާއި، ބޭނުންވާ އިކުއިޕްމެންޓް ބައިނަލްއަގްވާމީ ފެންވަރަށް ގެންދިއުމަށް ޓޭމްއަށް ލިބޭ ފުރުސަތެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ގައުމީ ޓެނިސް ޓީމުގެ ކޯޗު އީރާނުގެ އަލީ ރިޒާ ބުނީ އައިޓީއެފް ޖޭ30 މުބާރާތަކީ ބައިނަލްއަގްވާމީ މެޗު އެކްސްޕީރިއަންސް ހޯދުމަށް ކުޅުންތެރިންނަށް ލިބޭ ވަރަށް ބޭނުންތެރި މުބާރާތެއް ކަމަށެވެ.

"ބައިނަލްއަޤްވާމީ ގޮތުން ވާދަކުރުމަށް ޑޮމެސްޓިކް ބޯޑަރުން ބޭރަށް ފިޔަވަޅު އެޅުމަކީ އަޅުގަނޑުމެންގެ ކުޅުންތެރިންގެ ކުރިއެރުމަށް އެންމެ ފައިދާހުރި އެއް މަގު، އަދި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ކޮންމެހެން ބޭނުންތެރި މުހިންމު ހަތަރު ކަމެއް ހާސިލުކުރެވޭނެ" ކަމަށް ކޯޗު ބުންޏެވެ.

އެގޮތުން އަމިއްލަ ގައުމުގައި ކުޅޭ ކުޅުމުގެ ބަދަލުގައި، ކޮމްފޯޓް ޒޯން ފުނޑުފުޑުކޮށްލާ ކުޅުންތެރިން ނިކުމެ ބައިނަލްއަގްވާމީ ސްޓޭންޑަޑްތަކާއި އުސޫލަށް އަހުލުވެރިވުމާއި،
ބައިނަލްއަގްވާމީ ޓެނިހުގެ ހަގީގީ ސްޕީޑާއި ހައި އިންޓެންސިޓީ ޕޭސްއަށް ކުޅުންތެރިން ހޭނުމާއި އާދަޔާ ޚިލާފަށް ލޯކަލް ރިދަމްތަކުން ބޭރަށް ނުކުތުމަށް މަޖުބޫރުކޮށްދެއެވެ.

ޓެކްޓިކަލް އައިކިއު މަތިކުރުމާއި، މަތީ ފެންވަރުގެ މެޗުތަކަށް ތައްޔާރުވުމަށް ކުޅުންތެރިންނަށް މި މުބާރާތް އެހީވެދޭނެ ކަމަށް ކޯޗު ފާހަގަކުރިއެވެ.
އަދި މެންޓަލީ ކުޅުންތެރިންނަށް ވަރުގަދަ މެޗުތަކުގައި އަންނަ ބަދަލުތަކާއި އެކަންކަން ހޭންޑްލްކުރުމަށް ގެންގުޅޭނެ އުކުޅުތަކާއި ސްޓްރެޓެޖިކް މައްސަލަތައް ހައްލުކުރާނެ ގޮތްތަކަކީ މި މުބާރާތުން ދިވެހި ކުޅުންތެރިންނަށް ލިބޭޏެ ފިލާވަޅުތައް ކަމަށް ކޯޗު ފާހަގަ ކުރިއެވެ.

މީގެ އިތުރުން "ޓަފްނެސް، އެއީ ބޭރުގެ މާހައުލުތަކުގައި ވާދަކުރުމަށް ހައި ސްޓޭކްސް ޕްރެޝަރާއި ޓައިޓް ޓައި ބްރޭކްތައް، އާދަޔާއި ހިލާފު ހާލަތްތަކާއި ކުޅުންތެރިން ކުރިމަތިލާން ބޭޏުންވާ ކޮންޕޯޝާ ބިލްޑްވެގެންދާނެ" ކަމަށް ކޯޝު އަލީ ރިޒާ ބުންޏެވެ.

ކުދިން ހާސިލްކުރަން ބޭނުންވާ އުންމީދުތައް ނުވަތަ އެމްބިޝަން ލެވެލް މަތިކޮށް ބައިނަލްއަގްވާމީ ޕްރޮފެޝަނަލް ވޯކް އެތިކްސް އާއި ރޫޓިންސް ތަކަށް ހޭނުމަށް މި މުބާރާތުން ދަސްކުރަން ޖެހޭ ކަމަށްވެސް ގައުމީ ޓެނިސް ޓީމުގެ ކޯޗު ފާހަގަކުރިއެވެ.

"މި މުބާރާތުން އަޅުގަނޑުމެންނަށް މުހިންމީ ހަމައެކަނި ނަތީޖާއެއް ނޫން. އެއީ ދުނިޔޭގެ މިންގަނޑުތައް ރާއްޖޭގެ ކޯޓުތަކަށް ގެނެސް ޓެނިސް ތަރައްޤީކުރުމަށް އޮތް ރާސްތާ ހަލުވިކޮށްދީ ދިވެހި ކުޅުންތެރިންނަކީވެސް ބައިނަލް އަގްވާމީ ޓެނިހަށް ނިސްބަތްވާ ކުޅުންތެރިންނަށް ސާބިތުކޮށްދޭނެ މި ފަދަ މުބާރާތްތަކުން" ކޯޗު ބުންޏެވެ.