މިއަހަރުގެ ދެވަނަ ތިންމަހު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 55 މިލިއަން ރުފިޔާ ލިބިއްޖެއެވެ. މިއީ މިއަހަރު ފުރަތަމަ ތިންމަސްދުވަހު ސާފު ފައިދާގެ ގޮތުގައި ލިބުނު 61 މިލިއަން ރުފިޔާއަށް ވުރެ %9 ދަށް އަދަދެކެވެ.
އެސްޓީއޯގެ މިއަހަރުގެ ދެވަނަ ތިންމަހު ކުންފުންޏަށް ލިބުނު އާމްދަނީވަނީ އިތުރުވެފައެވެ. އެގޮތުން އާމްދަނީގެ ގޮތުގައި އެސްޓީއޯއަށް 1965 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިއަހަރުގެ ފުރަތަމަ ތިންމަހު ލިބުނު އާމްދަނީއަށްވުރެ %8 އިތުރު އަދަދެކެވެ. އެސްޓީއޯއިން ދެވަނަ ތިންމަހު 186 މިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެއެވެ.
އެސްޓީއޯގެ ފައިދާ ދެވަނަ ތިންމަހުގައި ދަށްވިއިރު ހިއްސާއަކަށް ޖެހިފައި ވަނީ 48.05 ރުފިޔާއެވެ. މިއަހަރުގެ ފުރަތަމަ ތިންމަހުގައި ޙިއްޞާއަކަށް ޖެހިފައިވަނީ 54.04 ރުފިޔާއެވެ.