ޗައިނާގެ ޔުނާން ޕްރޮވިންސްގައި ރާއްޖޭގެ ކޮންސިއުލޭޓް އޮފީހެއް މި އަހަރުތެރޭ ހުޅުވިގެންދާންކަމަށް ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ.މުޙައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޔުނާން ޕްރޮވިންސްގެ ކުންމިންގައި ހުޅުވާ މި ކޮންސިއުލޭޓް އޮފީހަކީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ހުޅުވާ އޮފީހެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ހާއްސަ އިންޓަރވިއުއެއްގައި ސަފީރު ޑރ.މުޙައްމަދު ފައިސަލް ވިދާޅުވީ ކޮންސިއުލޭޓް އޮފީސް ހުޅުވުމާއި ގުޅޭގޮތުން ދެ ޤައުމު ދެމެދު ކުރަން ޖެހޭ މަޝްވަރާތައް މިހާރު ނިމިފައިވާ ކަމަށެވެ.
މި އޮފީސް ހުޅުވިގެން ދިޔުމުން ދިވެހި ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ފައިސަލް ވިދާޅުވިއެވެ. ޔުނާން ޕްރޮވިންސްއަކީ ގިނަ ޢަދަދަކަށް ރާއްޖެއަށް ތަރުކާރީއާއި މޭވާ އަދި މާމެލާމެލި އެތެރެކުރާ ޤައުމެކެވެ.