ކުޅިވަރު

އަސަދުﷲ 3 ހަފްތާއަށް ކުޅުމާ ދުރަށް!


ތިން ހަފްތާއަށް ކުޅުމާ ދުރަށް ދާންޖެހިދާނެކަމަށް މާޒިޔާގެ ފޯވާޑް އަސަދުﷲ އަބުދުﷲ ބުނެފިއެވެ.

 އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ރޭ މާޒިޔާއާއި މިލަންދޫ ވާދަކުރި މެޗުގައި ކަކުލަށް އަނިޔާވެގެން ބަދަލުކުރި އަސަދުﷲ ބުނީ އަނިޔާއިން އނބުރި އަންނަން ތިން ހަފްތާ ނަގާނެކަމަށް ބެލެވޭކަމަށެވެ. މެޗަށްފަހު އޭނާ ބުނީ މީގެ ކުރިންވެސް މިފަދަ އަނިޔާއެއް، އޭނާގެ ކަކުލަށް ލިބިފައިވާކަމަށާއި، އެފަހަރުވެސް ތިން ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހުނުކަމަށެވެ. ރޭ ޑޮކްޓަރަށް ދެއްކިނަމަވެސް، ވަކިއެއްޗެއް ބުނަން އިނގޭނީ އެކްސްރޭ ނެގުމަށްފަހު ކަމަށާއި، ދުޅަ ހުރިވަރުން އެކްސްރޭ މާދަމާ ނަގަން ޑޮކްޓްރަ ނިންމާފައިވާކަމަށް އަސަދުﷲ ބުންޏެވެ. މާޒިޔާގެ މެޑިކަލް ޓީމުން ބުނީ އަސަދުﷲގެ އަނިޔާއާއި ގުޅޭގޮތުން ވަކި އެއްޗެއް ބުނަން އެނގޭނީ އެކްސްރޭ ނެގުމަށްފަހުކަމަށެވެ. އަސަދުﷲގެ އަނިޔާއާއި ގުޅިގެން މާޒިޔާގެ ކޯޗު ބުނީ މިއީ މިލަންދޫ ޓީމްގެ ކުޅުންތެރިން ގަސްތުގައި ކުރި ކަމެއްކަމަށާއި، މެޗުގެ ރީޕްލޭ ބަލާ ފަރާތްތަކަށް އެކަން ވަރަށް ރަނގަޅަށް ސާބިތުވާނެކަމަށެވެ.

ކުރިއަށް އޮތް ތިން ހަފްތާއަށް އަސަދުﷲ ކުޅުމާއި ދުރަށް ދާން ޖެހިއްޖެނަމަ، އަންނަ ހަފްތާގެ ބުދަ ދުވަހު ތިނަދޫއާއި ވާދަކުރާ މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި އޮމާނާއި ރާއްޖޭގެ ޤައުމީ ޓީމް ވާދަކުރާ މެޗުވެސް އަސަދު ﷲ ގެއްލޭނެއެވެ.