ކުޅިވަރު

ފައިނަލްގައި އަނަންތަރާއާއި ސޮނޭވާފުށި


އިންޓަރ ރިސޯރޓް ޒޯން ޗެމްޕިއަންސްލީގުގެ ފައިނަލުން ވާދަވެރި ސޮނޭވާފުށްޓާއި، އަނަންތާރަ ކިހަވަށްވިލާ ޖާގަ ހޯދައިފިއެވެ.

 ބ.އަތޮޅު ހިމެނޭ ޒޯން ފަހެއްގެ ފައިނަލްގައިވެސް ވާދަކުރި ދެޓީމް ފައިނަލަށް ދަތުރުކުރީ ސެމީފައިނަލްގެ ދެ ލެގުގެ މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ސޮނޭވާފުށި ސެމީފައިނަލްގެ ދެ ލެގު ކާމިޔާބުކުރީ ބަނޑޮހާ ވާދަކޮށެވެ. އިއްޔެ ކުޅުނު ދެވަނަ ލެގުގެ މެޗު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. އެއީ 25-27، 25-20، 25-20 އަދި 25-15 ނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ސޮނޭވާފުށީގެ އަލީ ހުޒާމެވެ. ފުރަތަމަ ލެގުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ. ފުރަތަމަ ލެގުގެ މެޗުވެސް ސޮނޭވާފުށި ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. 

img:http://s1.psmnews.mv/images/660x400/15039809814408.jpg|ސެމީފައިނަލްގައި އަނަންތަރާއާއި ކޮއްދިއްޕަރު ވާދަކުރަނީ

ޒޯން ފަހެއްގެ ފައިނަލްގައި ސޮނޭވާފުށި އަތުން ބަލިވެފައިވާ އަންނަތަރާ ސެމީފައިނަލް ދެ ލެގު ކާމިޔާބުކުރީ ގްރޭންޑް ޕާކް ކޮއްދިއްޕަރާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ފުރަތަމަ ލެގު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އަދި ދެވަނަ ލެގު ކާމިޔާބުކުރީ ތިން ސެޓް އެއް ސެޓުންނެވެ. ދެ ލެގުގެވެސް މޮޅު ކުޅުންތެރިއަކީ އަނަންތަރާގެ އިސްމާއީލް ސާޖިދުއެވެ. 

މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ މާދަމާއެވެ.