ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް މިއަހަރު މައްކާއަށް ދިޔަ ހުރިހާ ދިވެހި ޙައްޖާޖީންގެ ހާލު ރަނގަޅުކަމަށް ހައްޖަށް މީހުން ގެންދިޔަ ފަރާތްތަކުން ބުނެފިއެވެ.
ހައްޖާޖީން މިހާރުވަނީ ޖަމްރާއަށް ހިލަ އުކުމަށްފަހު އިހްރާމް ކަނޑާފައެވެ.
މިއަހަރު ރައްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންނަށް ސަޢޫދީ އަރަބިއްޔާއިން ޚާއްސަ ކަންތައްތަކެއް ވަނީ ހަމަޖައްސަވާ ދެއްވާފައެވެ. އެގޮތުން ޖިއްދާގެ އެއަރ ޕޯޓުގައި ދިވެހިންނަށް ވަކި އިމިގްރޭޝަން ކައުންޓަރެއް ހާއްސަކޮށްފައިވާއިރު، މިއަހަރު ހުރިހާ ދިވެހިން ތިބީ އެއް ސަރަހައްދެއްގައިކަން ފަހަގަކޮށްލެވެއެވެ.
މިއަހަރު ރާއްޖެއިން އެއްހާސް ތިންސަތޭކަ ދިވެހިން ހައްޖަށްގޮސްފައިވެއެވެ.