ކުޅިވަރު

ފައިނަލްގައި ކިންގްސްއާއި ޓީރެކްސް


އެމްބީއޭ ޗެމްޕިއަންޝިޕްގެ ފިރިހެން ޑިވިޝަންގެ ފައިނަލުން ކިންގްސް ބާސްކެޓް ކްލަބާއި، ޓީރެކްސް ޖާގަ ހޯދައިފިއެވެ. 

ޓީރެކްސް ފައިނަލުން ޖާގަ ހޯދީ ރޭ ކުޅުނު ސެމީފައިނަލް ދެވަނަ މެޗުގައި ރެޕްޓުއަރސް ބާސްކެޓް ކްލަބާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ޓީރެކްސް މެޗު ކާމިޔާބުކުރީ 84 ޕޮއިންޓް 53 ޕޮއިންޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީރެކްސްއަށް 18 ޕޮއިންޓް ހޯދައިދިން އިބްރާހީމް ރަޝްވާންއެވެ.

ފައިނަލްގައި ޓީރެކްސް ވާދަކުރާނީ ކިންގްސް ބާސްކެޓް ކްލަބާއެވެ. އެޓީމް ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ދަ ބައުސް ސްޕޯރޓްސް ކްލަބާ ވާދަކޮށް 88 ޕޮއިންޓް 72 ޕޮއިންޓުން މެޗު ކާމިޔާބުކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކިންގްސްއަށް ތޭވީސް ޕޮއިންޓް ހޯދައިދިން އަހުމަދު ފިރާޝްއެވެ. 

މިދެޓީމް ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.