ކުޅިވަރު

މިއީ ފެށުމެއް، ކިންގްސް ތަފާތުވާނެ - ކޯޗު


މިއީ އަދި ފެށުންކަމަށާއި، ކުރިއަށް އޮތްތާނގައި ކިންގްސް ބީސީ ފެނިގެންދާނީ ވަރަށް ވަރުގަދަކޮށްކަމަށް ކޯޗު ޖޭ ކަންބަ ރިހާން ބުނެފިއެވެ. 

ޕޮއިންޓެއްގެ ތަފާތުން ޓީރެކްސް އަތުން ބަލިވެ، އެމްބީއޭ ޗެމްޕިއަންޝިޕް ގެއްލުނު ޓީމްގެ ކޯޗު ބުނީ ކިންގްސް ބީސީ ކުރިއަށް އޮތްތާނގައި ފެނިގެންދާނީ ތަފާތު ޓީމެއްގެ ގޮތުގައިކަމަށެވެ. ފައިނަލް މެޗުން ބަލިވީ ނުކުޅެވިގެން ނޫންކަމަށާއި، ޕޮއިންޓެއްގެ ތަފާތުން ބަލިވުމަކީ މައްސަލައެއް ނޫންކަމަށް ފިލިޕީންސްގެ ކޯޗު ބުންޏެވެ. ކިންގް ބިސީން މިހާރު ކުޅެމުންދަނީ މުޅިން އާ ގޮތަކަށް ކަމަށާއި، އާ ސިސްޓަމާ އެކު ފަރިތަކުރުންތައް ކުރިއަށްގެންދާތާ އަދި މިވީ ދެ މަސް ދުވަސްކަމަށްވެސް ޖޭ ބުންޏެވެ. ކިންގްސް ބީސީގެ ކޯޗް ބުނީ މިފައިނަލް މެޗަކީ ކިންގްސްއަށް ލިބުނު ފިލާވަޅެއް ކަމަށާއި، ކުރިއަށް ހުރި މުބާރާތްތަކާއި ކިންގްސް ކުރިމަތިލާނީ ނިމިގެންދިޔަ އެމްބީއޭ ޗެންޕިއަންޝިޕްގައި ހެދުނު ގޯސްތައް ރަނގަޅު ކޮށްގެންކަމަށެވެ.

" މިއީ ފެށުމެއް. ކިންގްސް ކުރިއަށް އޮތްތާ ތަފާތުވާނެ. މިޓީމް މިހާރު ކުޅެމުންދަނީ ތަފާތު ގޮތަކަށް. އެތަފާތު ފެންނާނެ " ކޯޗު ބުންޏެވެ.

ފައިނަލްގައި ޓީރެކްސް އަތުން ކިންގްސް ބީސީ ބަލިވީ 75 ޕޮއިންޓް 74 ޕޮއިންޓުންނެވެ.