ޓުއަރިޒަމް

މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު ރަސްމީކޮށް ހުޅުވައިފި


ގއ. ކޫއްޑޫގައި ތަރައްޤީކޮށްފައިވާ މަރކިއޯރ ކޫއްޑޫ ރިސޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މަރކިއޯރ ކޫއްޑޫ ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ބަޑިބޭހުގެ ކުޅިވަރުތަކާއެކު މިރިސޯޓް ރަސްމީކޮށް ހުޅުވައިދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއެވެ. މަރކިއޯރ ކޫއްޑޫ ރިސޯޓަކީ ރާއްޖޭގެ ސަރަޙައްދީ އެއަރޕޯޓް ހިންގާ ރަށެއްގައި ހުޅުވި ފުރަތަމަ ރިސޯޓެވެ. 

މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓު ހިންގުމަށް ހަމަޖެހިފައިވަނީ ފްރާންސްގެ ކުންފުންޏެއް ކަމަށްވާ އެކޯރ ހޮޓެލްސްއިންނެވެ. ހަތަރު ތަރީގެ މި ރިސޯޓުގައި 68 ކޮޓަރި ހުރެއެވެ. އޭގެތެރެއިން 43 ކޮޓަރިއަކީ މޫދު ކޮޓަރި، އަދި ފަންސަވީސް ކޮޓަރިއަކީ ބީޗު ކޮޓަރިއެވެ.

މަރކިއޯރ މޯލްޑިވްސް ކޫއްޑޫ ރިސޯޓުގައި ޑައިވް ސެންޓަރަކާއި ވޯޓަރސްޕޯޓްސް ސެންޓަރަކާއި ސަޕާރ އަދި ޖިމެއްވެސް ހިމެނޭނެއެވެ.