އެސްޓީއޯގެ ހިންގުން ހަރުދަނާކޮށް އެކުންފުނީގެ ވިޔަފާރިތަކުންދޭ ޙިދުމަތްތަކުގެ ފެންވަރު ރަގަޅުކޮށް ކުރިއެވުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ދަށުން އެކުންފުނީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު މުރާޖާޢާކުރަން ނިންމައިފިއެވެ.
މިކަމުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ. މިހާރު އެސްޓިއޯގެ މުސާރައިގެ އޮނިގަނޑު ބައްޓަން ވެފައިވަނީ ސިވިލް ސާވިސް އަދި ސަރުކާރުގެ އެހެނިހެން މުއައްސަސާތައް ފަދަ އާންމުންނަށް ހިދުމަތް ދިނުމަށް އުފެދިފައިވާ އޮފީސް ތަކުގެ ސްޓަރަކްޗާއާއި އެއްގޮތަށެވެ. އެހެންނަމަވެސް އެސްޓީއޯ ރީސްޓްރަކްޗަރ ކުރުމުގެ ދަށުން، މުސާރައިގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނިންމައި އެސްޓީއޯގެ މުސާރައިގެ އޮނިގަނޑަކީ މިޒަމާނުގެ ވިޔަފާރި ކުންފުނިތަކުގައި ބޭނުންކުރާފަދަ އިންސެންޓިވް ބޭސްޑް ސްޓަރަކްޗަރ އަކަށް ވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިގޮތުން މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ތެރެއަށް ސޭލްސް ކޮމިޝަން އަދި ޓާގެޓް އެޗީވް ކުރުމުން ލިބޭ އެހެނިހެން އެލަވަންސް ތަޢާރަފްކޮށް، މުސާރައިގެ އޮނިގަނޑު އަލުން އެކުލަވާލުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން މުއައްޒަފުންނަށް ލިބެމުންދާ މުސާރަ އިތުރުވެ ކުންފުނިން ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރެވި ކުންފުނީގެ ހިންގުން ހަރުދަނާވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.