ޚަބަރު

ތިލަ ދެކުނު ހިތްވަރުދިނުމުގެ އިނާމް 9 ފަރާތަކަށް


ހދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލާއިގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ތިލަ ދެކުނު ޝަރަފްވެރިކަމުގެ ހިތްވަރުދިނުމުގެ އިނާމް 9 ފަރާތަކަށް ދީފިއެވެ.

ހިތްވަރުދިނުމުގެ އިނާމު 9 ފަރާތަކަށް ލިބުނުއިރު، ތިލަ ދެކުނު ކައުންސިލުންދޭ ތިލަ ދެކުނު ރަންތަރި، ތިލަ ދެކުނު އުޖާލާތަރި (ޘާނަވީ ބައި)، ތިލަ ދެކުނު އުޖާލާތަރި (މަތީ ޘާނަވީ ބައި)، ތިލަ ދެކުނު ހިންމަތްތެރި ތަރީގެ އިނާމު ހިމެނެއެވެ.

ހިތްވަރު ދިނުމުގެ އިނާމަކީ ހދ. އަތޮޅަށް، ޤައުމަށް ނުވަތަ އެރަށަކަށް ފާހަގަ ކުރެވޭފަދަ އަގުހުރި ޚިދުމަތްތެއް އެކަށީގެންވާ މުއްދަތަކަށް ކޮށްދީފައިވާ ނުވަތަ ކޮށްދެމުންދާ ހދ. އަތޮޅަށް ނިސްބަތްވާ އާންމު ފަރާތްތަކަށާއި ކުލްބު ޖަމްޢިއްޔާ ނުވަތަ ޖަމާޢަތްތަކަށް ކޮންމެ އަހަރަކުވެސް ދެމުން އަންނަ އިނާމެކެވެ.

ތިލަ ދެކުނު ޝަރަފްވެރިކަމުގެ އިނާމު އަދި ހިތްވަރުދިނުމުގެ އިނާމު ދެވޭ ދާއިރާތަކަކީ:

- ދީނީ ހޭލުންތެރިކަމުގެ ދާއިރާ

- ޢިލްމު އުނގެނުމާއި އުގަންނައިދިނުމުގެ ދާއިރާ

- ދިވެހި ބަހާއި އަދަބިއްޔާތު އަދި ތާރީޚަށް ޚިދުމަތްކުރުމުގެ ދާއިރާ

- ތަޢުލީމީ ދާއިރާ

- ސިއްޙީ ދާއިރާ

- ހަކީމީ ބޭސްވެރިކަމުގެ ދާއިރާ

- ތިމާވެށީގެ ދާއިރާ

- މަސްވެރިކަމުގެ ދާއިރާ

- ފަތުރުވެރިކަމުގެ ދާއިރާ

- ދަނޑުވެރިކަމުގެ ދާއިރާ

- އައު އުފެއްދުންތެރި ކަމުގެ ދާއިރާ

- ކުޅިވަރާއި މުނިފޫހިފިލުވުމުގެ ދާއިރާ

- އިޖްތިމާޢީ ޚިދްމަތުގެ ދާއިރާ،

- އަތްތެރި މަސައްކަތުގެ ދާއިރާ

- ޚަބަރާއި މައުލުމާތު ފެތުރުމުގެ ދާއިރާ

ތިލަ ދެކުނު ހިތްވަރުދިނުމުގެ އިނާމް ލިބުނު 9 ފަރާތަކީ:

ހދ. ނޭކުރެންދޫ އިބްރާހިމް އުޘްމާން

ހދ. ކުމުންދޫ އާއިޝަތު މުހައްމަދު

ހދ. މަކުނުދޫ ޔަޝްފާ އަބްދުލްޣަނީ

ހދ. ކުޅުދުއްފުށީ އާމިނަތު މަޖީދާ

ހދ. ކުޅުދުއްފުށީ އާއިޝަތު މޫސާ

ހދ. ކުޅުދުއްފުށީ ސަންފާ މުހައްމަދު

ހދ. ކުޅުދުއްފުށީ ޤަސީމާ ޤާސިމް

ހދ. ކުޅުދުއްފުށީ ހާރޫން މުހައްމަދު

ހދ. ކުޅުދުއްފުށީ މޫސާ އަބޫބަކުރު

މިފަރާތްތަކަށް އިނާމު ހަވާލު ކޮށްދެއްވީ ޖަލްސާގެ ޝަރަފްވެރިމެހެމާން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ އެވެ. މި ޖަލްސާގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަލްއުސްތާޒް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.