ޚަބަރު

ބައިސްކަލަކާއި ކާރެއް ޖެހި 74 އަހަރުގެ މީހަކު މަރުވެއްޖެ


ފުވައްމުލަކުގައި ކާރަކާއި ބައިސްކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބައިސްކަލް ދުއްވަން އިން 74 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެދުނު ހިނގި މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 74 އަހަރުގެ ފިރިހެންނެއްކަމަށް. އަދި  އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ތާރަ އެޅިމަގުގެ ވަށާވެޔޮ ސަރަހައްދުގައިކަމަށެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.