ޚަބަރު

މެލޭޝިޔާގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


މެލޭޝިޔާއިން ރާއްޖެއަށް ދޭ 250 ސްކޮލަރޝިޕަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. 

މިއީ މެލޭޝިޔާ ގްލޯބަލް ސަރވިސަސްގެ ފަރާތުން ރާއްޖެއަށް ދީފައިވާ 500 ސްކޮލަރޝިޕްގެ ތެރެއިން ފުރަތަމަ ބުރުގެ ފުރުޞަތުތަކެވެ. މީގެ ތެރޭގައި ހިމެނެނީ 50 މާސްޓާ ޑިގްރީ ފުރުޞަތާއި 200 ޑިގްރީ ފެންވަރުގެ ފުރުޞަތެވެ.

އެމް.ޖީ.އެސް އިން ދޭ ސްކޮލަރޝިޕްތަކުގެ ތެރެއިން ޔުނިވަރސިޓީ ޓެކްނޮލޮޖީ މާރާ އަދި މަލާޔާ ޔުނިވަރސިޓީގެ މާސްޓަރސް ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީ ވަނީ ސަބްސިޑައިޒްޑް ކޮށްފައެވެ. އެހެން ހުރިހާ ޔުނިވަރސިޓީތަކުގެ ކޯސް ފީ އިން 50 އިންސައްތަ ވަނީ އުނިކޮށްފައެވެ. އަދި ސްކޮލަރޝިޕްތައް ލިބޭ ފަރާތްތަކަށް 50 އިންސައްތަ ދެއްކުމަށް ސަރުކާރުން ލޯން ދިނުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އަދި ކޯސްތަކަށް ހޮވޭ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރުމަށްފަހު ވަކި މުއްދަތަކަށް ސަރުކާރަށް ޚިދުމަތްކުރަން ޖެހޭނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިސްކޮލަރޝިޕްގެ ފުރުސަތު އޯ ލެވެލްގެ ފަސް މާއްދާއިން ފާސްވެފައިވާ ދަރިވަރުންނާއި އޭލެވެލް ގެ ތިން މާއްދާއިން ފާސް އޮތް ދަރިވަރުންނަށް ކުރިމަތި ލެވޭނެއެވެ. އޭގެ ތެރެގައި އިނގިރޭސި މާއްދާއިން ސީ ފާހެއް ނުވަތަ އެއާއެއް ފެންވަރުގެ ސެޓްފިކެޓެއް އޮތް ނަންޖެހެއެވެ. އަދި މާސްޓާރސް އަށް އެދޭނަމަ ޑިގްރީއެއް އޮންނަންވާނެ ކަމަށާއި ކޯސްތަކަށް އެދޭއިރު އެއްފަހަރާ ތިން ކޯހަށް ވެސް ފޯމް ހުށަހެޅޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.

މި ސްކޮލަރޝިޕްތަކަށް އެދުމުގެ ފަހު ތާރީޚަކީ މާޗު މަހުގެ 15 ވަނަ ދުވަހެވެ.