އޭއެފްސީ ޗެލެންޖްކަޕްގައި ދިވެހި ޤައުމީ ޓީމް ސެމީފައިނަލަށް ދަތުރުކޮށްފިނަމަ ސަރުކާރުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެއްމިލިއަން ރުފިޔާ އެފްއޭއެމްއާއި ހަވާލުކުރައްވައި، ފައިނަލަށް ދަތުރުކޮށްފިނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެއްވާނެކަން ސަރުކާރުން އިއުލާންކުރައްވައިފިއެވެ.
އެފައިސާ އެފްއޭއެމްއާއި ހަވާލުކުރައްވައި ސެމީފައިނަލުން މޮޅުވެއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިތުރު އެއްމިލިއަން ރުފިޔާ ދެއްވަން ނިންމެވިކަން ހާމަކުރެއްވީ ކުޅިވަރާއިބެހޭ ވަޒީރު މުޙަންމަދު މަލީހު ޖަމާލެވެ. ކުޅުންތެރިންގެ ހާޟިރުގައި މިކަން އިއުލާންކުރައްވަމުން ވަޒީރު ވިދާޅުވީ މިއީ ފައިސާއެއް ދިނުމުގެ ބޭނުމުގައި ކުރައްވާކަމެއް ނޫންކަމަށާއި ބޭނުމަކީ ޓީމަށް ހިތްވަރުދެއްވުންކަމަށެވެ.
ޓިކެޓް ލިބުމުގައި ދިމާވެފައިވާ މައްސަލަތަކަށް އިޝާރާތްކުރައްވައި ވަޒީރު ވިދާޅުވީ އޮލިމްޕަހާއި ޒުވާނުންގެ މަރުކަޒާއި އަޑިޕާކް ފަދަ ތަންތަނުގައި މެޗު ބެލޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަމަށެވެ.