ޚަބަރު

ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފި


މަތީ ތަޢުލީމުގެ ފުރުޞަތުތަކާއިބެހޭ ގޮތުން މަޢުލޫމާތު ދިނުމަށް ގްލޯނެޓުން ބާއްވާ ގްލޯނެޓް އެޑިއުކޭޝަން ފެއަރ ފަށައިފިއެވެ. ގްލޯނެޓުން މިއަހަރު ބާއްވާ ފުރަތަމަ ފެއަރ ކުރިއަށް ދާނީ މިމަހުގެ ތިނަކުން ހަތަރަކަށް ނޭޝަނަލް އަރޓް ގެލަރީގައެވެ.

ތަފާތު 13 ޔުނިވަރސިޓީއާއެކު ގްލޯނެޓުން ބާއްވާ މިފަހަރުގެ ފެއާރއަށް ވަނުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާއިރު އެހެން އަހަރުތަކެކޭ އެއްފަދައިން މިފަހަރުގެ ފެއަރގައިވެސް މަތީ ތަޢުލީމު ފޯރުކޮށްދޭ ބޭރުގެ ޔުނިވަރސިޓީތަކާއި މަރުކަޒުތަކުން ބައިވެރިވެއެވެ. އެގޮތުން މެލޭޝިޔާގެ މަޝްހޫރު 12 ޔުނިވަރސިޓީއަކާއި މެލޭޝިޔާގެ އަމިއްލަ ޔުނިވަރސިޓީތަކުން ބައިވެރިވެއެވެ. މީގެ އިތުރުން މިފަހަރުގެ ފެއަރގައި ރަޝިޔާގެ ބައެއް ޔުނިވަރސިޓީ ތަކުންވެސް ބައިވެރިވެއެވެ.

ފެއަރއާއި ބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގްލޯނެޓުގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ނަސީމް އަޙްމަދު ވިދާޅުވީ، މި ފެއަރ މެދުވެރިކޮށް ދަރިވަރުންނަށް ވަރަށް ގިނަ މުހިއްމު މަޢޫލޫމާތު ލިބޭނެކަމަށެވެ. އަދި މި ފެއަރގައި ބެލެނިވެރިންވެސް ބައިވެރިވުމަކީ މުހިއްމު ކަމެއްކަމަށް ނަސީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މި ފެއަރއަށް ޒިޔާރާތްކޮށް ކޯސްތަކަށް ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން 2 މީހަކަށް ކޯހުގައި ބައިވެރިވުމުގެ ކުރިން އެ ޔުނިވަރސިޓީ ބަލާލުމުގެ ފުރުޞަތު ލިބޭނެކަމެށެވެ. އަދި ޔުނިވަރސިޓީތަކުން ޑިސްކައުންޓް އަގުތަކާއި ސްކޮލަރޝިޕްތައް ލިބޭނެކަމަށެވެ.

"މިއަހރުގެ ފެއަރގައި ރަޖިސްޓަރކުރާ ކުދިން ކޮންމެވެސް ވަރަކަށް ޔުނިވަރސިޓީއަށްގޮސް ބަލާލުމުގެ ފުރުޞަތު ދެން. އެގޮތުން ޔުނިވަރސިޓީ ބަލާލުމަށްދާ ދަތުރުގައި ޓިކެޓާއި ތިންދުވަހުގެ ހުރުން ހަމަޖައްސަން" މުޙައްމަދު ނަސީމް އަޙްމަދު ވިދާޅުވިއެވެ.

"
"މިއަހރުގެ ފެއަރގައި ރަޖިސްޓަރކުރާ ކުދިން ކޮންމެވެސް ވަރަކަށް ޔުނިވަރސިޓީއަށްގޮސް ބަލާލުމުގެ ފުރުޞަތު ދެން. އެގޮތުން ޔުނިވަރސިޓީ ބަލާލުމަށްދާ ދަތުރުގައި ޓިކެޓާއި ތިންދުވަހުގެ ހުރުން ހަމަޖައްސަން"
މުޙައްމަދު ނަސީމް އަޙްމަދު

ފެއާރގައި ބައިވެރިވި ބައެއް ޔުނިވަރސިޓީތަކުން ބުނީ ފެއަރ މެދުވެރިކޮށް ޔުނިވަރސިޓީތަކުން ކުރިއަށް ގެންދާ ކޯސްތަކާއި ގުޅޭ މަޢުލޫމާތާއި ޕްލޭސްމަންޓް ލެޓާ އަދި ސްކޮރޝިޕްގެ އިތުރުން ކެރިއަރ ގައިޑެންސްއާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދޭކަމަށެވެ.

މިފަދަ ފެއަރތަކަކީ ދަރިވަރުންނަށް ކުރިއަށްދާންވީ މަގު ޚިޔާރުކުރުމުގައި ލިބިގެންދާ އިތުރު ފުރުޞަތެއްކަން ފެއަރއަށް ޒިޔާރާތްކުރި ދަރިވަރުން ފާހަގަކުރިއެވެ.
އަތޮޅުތަކުގައިވެސް ފެއަރ ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް ގްލޯނެޓުން ބުނެއެވެ.