ޚަބަރު

ދިވެހިންގެ ރަހަތަކާއެކު މާލޭގައި ރޮށި ވިއްކާތަނެއް ހުޅުވައިފި


ދިވެހި ރަހަތަކަށް ރޮށި އުފައްދާ ބަންދުކުރުމަށްފަހު ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
ދިވެހި އަމިއްލަ ބްރޭންޑޭއްކަމަށްވާ މިސްޓަރ ރޮށިގެ ނަމުގައި އަލަށް ބަޒާރަށް ނެރުނު މި ބްރޭންޑް ބާޒާރަށް ނެރެފައިވަނީ ކިންގް ކޮމްޕެނީ ލިމިޓެޑުންނެވެ.
މި ތަނުން ތިން ވައްތަރެއްގެ ރޮށި ވެކިއުމް ޕެކްޓްގައި ބަންދުކުރުމަށްފަހު ލިބެންހުރެއެވެ. އޭގެތެރޭގައި ދިވެހިން އާއްމުކޮށް ކެއުމަށް ބޭނުންކުރާ އާދައިގެ ތެޔޮ ރޮއްޓާއި ވެޖިޓަބަލް އޮއިލް ރޮށީގެ އިތުރުން އާޓާ ފުށުގައި އޮލިވް އޮއިލް ބޭނުންކޮށްގެން ފިހެފައިވާ ރޮށި ހިމެނެއެވެ.
ދިވެހި ރަޙަތަކާއެކު ބާޒާރަށް ނެރެފައިވާ މި ބްރޭންޑަކީ މަސައްކަތުގައި އަވަދިނެތި އުޅޭ ދިވެހިންނަށް ހާއްސަކޮށްގެން ނެރެފައިވާ ބްރޭންޑެއްކަމަށް ކިންގް ކޮމްޕެނީ ލިމިޓެޑުން ބުނެއެވެ.
މިސްޓަރ ރޮށި އުފައްދަނީ އެކަމަށް ހާއްސަކޮށް މާލޭގައި އުފައްދާފައިވާ ފެކްޓްރީއެއްގައެވެ. މި ފެކްޓަރީގައި ރޮށި ފިހުމާއި ދެމުމަށް އަދި ފުށް މޮޑުމަށްވެސް ބޭނުންކުރަނީ އެކަމަށް ހާއްސަ މެޝިނަރީއެވެ. މި މެޝިންތަކުން ގަޑިއަކު ތިންހާހެއްހާ ރޮށި އުފައްދައެވެ. އަދި މިސްޓަރ ރޮށި ބާޒާރަށް ނެރި ވިއްކަނީ ނައިޓްރޮޖެން ޕެކެޓްގައި ޕެކް ކޮށްގެންނެވެ.
ކިންގް ކޮމްޕެނީ ލިމިޓެޑުން ހިންގާ މިސްޓަރ ރޮށީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖްމީ ވިދާޅުވީ ކި ކުންފުންޏަކީ މީގެ ދެ އަހަރު ކުރިން ފެށިގެން ދިވެހިންނަށް ދިވެހި ރޮށި ފޯރުކޮށްދިނުމަށް އުފެއްދި އަމިއްލަ ބްރޭންޑެއްކަމަށެވެ. ނަޖްމި ވިދާޅުވީ އެއް ޕެކެޓަށްވުރެ ގިނައިން އޯޑަރު ކުރާ ފަރާތްތަކަށް ޑެލިވަރ ކޮށްދޭނެކަމަށާއި މި ހިދުމަތް މާލޭގެ އިތުރުން ހުޅުމާލެއާއި ވިލިމާލެއަށްވެސް ލިބޭނެކަމަށެވެ.
"ހުޅުމާލޭގައިވެސް ކޮންޓްރެކްޓް ހެދިގެން ގިނައަދަދަކަށް ޑެލިވަރ ކުރުމަށް އެދެފިނަމަ އެކަންތައް ހަމަޖައްސައިދޭނަން. ޕާޓީތަކަށްވެސް ޑެލިވަރ ކޮށްދެވޭނެ. އެއްގަޑިއިރު ތެރޭގައި އެއްހާސް ރޮށި ޕާޓީތަށް ޑެލިވަރ ކޮށްދެވޭނެ" މުޙައްމަދު ނަޖްމީ ވިދާޅުވިއެވެ.
މިސްޓަރ ރޮށިން ތައްޔާރުކުރާ ރޮށި ޕެކެއްގައި އޮންނަނީ 10 ރޮއްޓެވެ. އަދި މި ޕެކެޓްތައް ތައްޔާރުކޮށްފައި ހުންނަނީ ބޭނުންއިރަކު ހޫނުކޮށްލައިގެން ބޭނުންކުރެވޭ ގޮތަށެވެ. ޕެކް ކުރާ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ޕެކެޓްކޮށްފައި ހުންނަ ރޮށިތައް ބޭނުންކުރެވޭނެކަމަށް "މިސްޓަރ ރޮށި"ން ބުނެއެވެ.
މިސްޓަރ ރޮށިން ވިކާ ރޮށިތަކުގެ އަގު އުޅޭނީ 15 ރުފިޔާ އާއި 22 ދެމެދުގެ އަގުތަކެއްގައެވެ.

"
"ހުޅުމާލޭގައިވެސް ކޮންޓްރެކްޓް ހެދިގެން ގިނައަދަދަކަށް ޑެލިވަރ ކުރުމަށް އެދެފިނަމަ އެކަންތައް ހަމަޖައްސައިދޭނަން. ޕާޓީތަކަށްވެސް ޑެލިވަރ ކޮށްދެވޭނެ. އެއްގަޑިއިރު ތެރޭގައި އެއްހާސް ރޮށި ޕާޓީތަށް ޑެލިވަރ ކޮށްދެވޭނެ" މުޙައްމަދު ނަޖްމީ ވިދާޅުވިއެވެ. މިސްޓަރ ރޮށިން ތައްޔާރުކުރާ ރޮށި ޕެކެއްގައި އޮންނަނީ 10 ރޮއްޓެވެ. އަދި މި ޕެކެޓްތައް ތައްޔާރުކޮށްފައި ހުންނަނީ ބޭނުންއިރަކު ހޫނުކޮށްލައިގެން ބޭނުންކުރެވޭ ގޮތަށެވެ. ޕެކް ކުރާ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ޕެކެޓްކޮށްފައި ހުންނަ ރޮށިތައް ބޭނުންކުރެވޭނެކަމަށް "މިސްޓަރ ރޮށި"ން ބުނެއެވެ. މިސްޓަރ ރޮށިން ވިކާ ރޮށިތަކުގެ އަގު އުޅޭނީ 15 ރުފިޔާ އާއި 22 ދެމެދުގެ އަގުތަކެއްގައެވެ.
މުޙައްމަދު ނަޖްމީ ވިދާޅުވިއެވެ.

މިސްޓަރ ރޮށިން ތައްޔާރުކުރާ ރޮށި ޕެކެއްގައި އޮންނަނީ 10 ރޮއްޓެވެ. އަދި މި ޕެކެޓްތައް ތައްޔާރުކޮށްފައި ހުންނަނީ ބޭނުންއިރަކު ހޫނުކޮށްލައިގެން ބޭނުންކުރެވޭ ގޮތަށެވެ. ޕެކް ކުރާ ދުވަހުން ފެށިގެން ތިންދުވަހުގެ މުއްދަތަށް ޕެކެޓްކޮށްފައި ހުންނަ ރޮށިތައް ބޭނުންކުރެވޭނެކަމަށް "މިސްޓަރ ރޮށި"ން ބުނެއެވެ.
މިސްޓަރ ރޮށިން ވިކާ ރޮށިތަކުގެ އަގު އުޅޭނީ 15 ރުފިޔާ އާއި 22 ދެމެދުގެ އަގުތަކެއްގައެވެ.