"އަޅުގަނޑުމެން އެސްޓީއޯއާއި، އަދި އެމްޕީއެލްއާއި ވާހަކަދައްކައިގެން މިހާރު މާލޭ ނޯތު ހާބަރާއި މާލޭގެ ޓީޖެޓީއާއި މި ސަރަހައްދުތަކުގައި މިދެންނެވި ބާވަތްތަކުގެ މުދާ ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމް މި ހަމަޖައްސަނީ. އޭގެ މާނައަކީ ހަނޑޫ، ހަކުރު، ފުއް، ގޭސް އަދި ފެނުގެ ބާވަތްތައް. އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
			އަތޮޅުތަކުގެ ރަށްތަކަށް މުދާ ގެންދިއުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން މާލޭ ނޯތު ހާބަރ އަދި ޓީޖެޓީ ޞަރަޙައްދުގައި މުދާ ޖަމާކޮށްފައި ބެހެއްޓޭނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ މާލޭގެ މަގުތަކުގައި މުދާ އުފުލާ ވަގުތުތަކަށް ގެނައި ބަދަލުގެ ސަބަބުން އަތޮޅުތަކުގެ، ޚާއްޞަކޮށް މާލެއާއި ކައިރި ރަށްތަކަށް ހަވީރު ފެރީ ފުރާ ވަގުތުތަކުގައި މުދާ އެރުވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ގިނަ ފަރާތްތަކުން އެދެމުންދާކަމަށެވެ. އެހެންކަމުން އިކޮނޮމިކް މިނިސްޓްރީއާއި، އެމްޕީއެލް އަދި އެސްޓީއޯ އާއިއެކު މަޝްވަރާކުރުމަށްފަހު މާލޭ ނޯތު ހާބަރ އަދި ޓީޖެޓީ ސަރަހައްދުގައި ހަނޑޫ، ހަކުރު، ފުށް، ގޭސް އަދި ފެނުގެ ބާވަތްތައް ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސާފައިވާކަމަށެވެ. 
 
"އަޅުގަނޑުމެން އެސްޓީއޯއާއި، އަދި އެމްޕީއެލްއާއި ވާހަކަދައްކައިގެން މިހާރު މާލޭ ނޯތު ހާބަރާއި، މާލޭގެ ޓީޖެޓީއާއި މި ސަރަހައްދުތަކުގައި މިދެންނެވި ބާވަތްތަކުގެ މުދާ ޖަމާކޮށްފައި ބެހެއްޓޭނެ އިންތިޒާމް މި ހަމަޖައްސަނީ. އޭގެ މާނައަކީ ހަނޑޫ، ހަކުރު، ފުއް، ގޭސް އަދި ފެނުގެ ބާވަތްތައް." އެކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވިއެވެ. 
މާލޭގެ މަގުތަކުގައި މުދާ އުފުލުމަށް ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން އެމްޕީއެލްއިން މުދާ ކްލިއަރ ކުރުމަށްވެސް އެއްވެސް ދައްޗެއް ދިމާވެފައި ނުވާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. މި ބަދަލަކީ މުސްތަޤްބަލުގައި ވަރަށް ފަސޭހަ ބަދަލަކަށް ވެގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.