ކުޅިވަރު

މިރޭ ފަށާ ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެމްބީސީ ތައްޔާރުވެއްޖެ





 


މިރޭ ބްރެޒިލްގައި ފަށާ ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް އެމްބީސީ ތައްޔާރުވެއްޖެއެވެ.


 
މުބާރާތުގައި އެއް ވަގުތެއްގައި ކުޅޭ މެޗުތައް ފިޔަވައި އެހެން މެޗުތައް އެމްބީސީގެ ޓީވީއެމުން ވަގުތުން ދައްކާނެއެވެ.


 
އެއްވަގުތެއްގައި ކުޅޭ ދެމެޗުގެ ތެރެއިން އެއް މެޗުގެ ރެކޯޑިންގ ގެނެސްދޭނެއެވެ. އަދި ކޮންމެ މެޗެއް ފެށުމުގެ އެއްގަޑިއިރު ކުރިން އެމެޗެއްގެ ޕްރީ ޝޯވ ޓީވީއެމުން ގެނެސްދޭނެއެވެ.


 
މިރޭ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތާއެކު އެމްބީސީގެ ކަވަރޭޖް ފަށާނީ އެގާރަގަޑި ސުންމިނިޓްގައެވެ.


 
ޓީވީއެމް ނުފެންނަ މަދު ސަރަހައްދަށް  ޓިވީއެމް ސިގްނަލް ލިބޭނީ ޑިކްރިޕްޝަން ބޮކްސްތައް ބަހައްޓައިގެން ކަމަށްވާތީ އެފަދަ ރިސީވަރުތައް އެމްބީސީން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ. އަދި ޓީވީއެމްގެ ސިގްނަލް ލިބޭ ސަރަހައްދުތަކުގައި ކޯޕަރޭޝަންގެ ފަރާތުން ރިސީވަރުތައް ބަހައްޓާނެކަމުގެ ޔަގީންކަންވެސްވަނީ ދީފައެވެ.


 
 


އާންމު ރައްޔިތުންނަށް ހިލޭ ޓީވީއެމް ބަލާލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކައުންސިލް އިދާރާތަކަށް ދަނީ ހިލޭ ރިސީވަރު ދޫކުރަމުންނެވެ. އަދި ވިޔަފާރި އުސޫލުން ކޭބަލް ޓީވީ ދޫކުރާ ފަރާތްތަކާ ޓޫރިޒަމް ރިސޯޓްތަކާ އިންޑަސްޓްރިއަލް މަސައްކަތް ކުރާ ރަށްރަށަށް ބޭނުންވާ ރިސީވަރުތައް އެމްބީސީން ގަންނަން ލިބެން ހުންނާނެ. މިހާތަނަށް ގިނަ ފަރާތްތަތަކުން ވަނީ ރިސީވަރު ގަނެފައެވެ.