ޚަބަރު

ލ.މާމެންދޫ ސްކޫލުކުދިންނަށް ޤުރްއާން ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިންގައިފި


މޯލްޑީވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ލ.މާމެންދޫގައި ސްކޫލްކުދިންނަށް ޤުރްޢާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޕްރޮގްރާމް ހިންގާފައިވަނީ އެމް.އެން.ޑީ.އެފް ގެ ސެންޓްރަލް އޭރިއާއިން އިސްނަގައިގެން ލ.މާމެންދޫ ސްކޫލްގައެވެ. ލ.މާމެންދޫ ސްކޫލުގެ ދަރިވަރުންނަށް ޤުރްޢާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ "ޤުރްޢާން ކިޔަވަން ދަސްކުރަމާތޯ"މިނަމުގައެވެ. މި ޕްރޮގްރާމްވަނީ އޭޕްރިލް 12 އިން 16 އާއި ހަމައަށް ކުރިއަށް ގެންގޮސްފައެވެ.

ލ.މާމެންދޫ ސްކޫލުގެ އެދުމުގެ މަތިން މި ޕްރޮގްރާމް ކުރަިއަށް ގެންގޮސްފައިވަނީ އެމް.އެންޑީ.އެފް ގެ ޤާރީންނެވެ. "ޤުރުޢާން ކިޔަވަން ދަސްކުރަމާތޯ" ޕްރޮގްރާމްގައި ޢަރަބި އަކުރުގެ ސިަފަތަކާއި، މަޙްރަޖުތަކާއި، ޤުރުޢާން ކިޔެވުމުގައި މުޙިއްމު އިތުރު ގިނަ ބައިތަކެއް ބައިވެރިންނަށް އުނގަންނައިދީފައިވެއެވެ. ސްކޫލް ގެ ބެލެނެވެރިންނާއި ދަރިވަރުންގެ ތެރެެއިން 34 ފަރާތެއް މި ޕްރޮގްރާމްގައި ބައިވެރިވެ، ޕްރޮގްރާމް ފުރިހަމަކޮށްފައިވާކަމަށް އެސްކޫލުން މަޢުލޫމާތުދެއެވެ.

ލ.މާމެންދޫ ސްކޫލްގައި ސްކޫލްކުދިންނަށް ޤުރްޢާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމްގައި ބައިވެރިވި ފަރާތްތަކަށް 16 އޭޕްރިލްގައިވަނީ ޚާއްޞަ ރަސްމިއްޔާތެއްގެ ތެރެއިން ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ. މި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވައިފައިވަނީ އެމް.އެން.ޑީ.އެފް ގެ ސެންޓްރަލް އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރ މޭޖަރ އަމާނުﷲ އަޙްމަދު ރަޝީދު ކަމަށް އެމް.އެންޑީ.އެފް އިން މަަޢުލޫމާތު ދެއްވެއެވެ.

އަދި މި ޙަަފްލާގައި ލ.މާމެންދޫ ސްކޫލް ގެ އިސްވެރިންނާއި، ޕްރޮގްރާމްގައި ބައިވެރިވި ދަރިވަރުންނާއި ބެލެނެވެރިންނާއި ބައިވެރިވެފައިވާކަމަށްވެސް އެމް.އެން.ޑީ.އެފްއިން މަޢުލޫމާތު ދެއްވައެވެ.
އެމް.އެން.ޑީ އެފް އިން ދަނީ ސްކޫލް ދަރިވަރުންނަށާއި މުޖުތަމަޢަށް ބޭނުންތެރި ގިނަ ޙަރަކާތްތަކެއް ރާވާ ހިނގަމުންނެވެ. މިގޮތުން، އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލް ދަރިވަރުންނަށާއި މުވައްޒަފުންނަށް އަމާޒުކޮށްގެސް ފަޔަރ އެންޑް ރެސްކިއު ޑްރިލް ތަކެއްވެސް އެމް.އެން.ޑީ.އެފް އިން އނަްނަނީ ހިންގަމުންނެވެ.