ޚަބަރު

މާލޭ ލީގުގެ ފުރަތަމަ ބުރު މޮޅަކާއިއެކު ޓީސީ ނިންމާލައިފި


ޔުނައިޓަޑް ވިކްޓްރީ ބަލިކޮށް އެސްޓީއޯ މާލޭ ލީގްގެ ގަދަ 4ގައި އޮވެ ލީގުގެ ފުރަތަމަ ބުރު ޓީސީ ސްޕޯޓްސް ކުލަބް ނިންމާލައިފިއެވެ.

ޓީސީ ސްޕޯޓްސް ކުލަބް އަދި ޔޫވީގެ ފުރަތަމަ ބުރުގެ ފަހު މެޗު ޓީސީ ކާމިޔާބުކޮށްފައިވަނީ 2 ލަނޑު 1 ލަނޑުންނެވެ.

މެޗުގައި އެންމެ ފުރަތަމަ ލީޑްނަގާ ކުރި ހޯދީވެސް ޓީސީންނެވެ. މިލަނޑު އެޓީމްއަށް ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމެވެ. ދެ ޓީމްގެ ފަރާތުންވެސް އަވަސް ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ޔޫވީން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޔޫވީގެ ބިދޭސީ ފޯވާޑް ސެމިއުލްއެވެ. މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޓީސީއަށް ތިން ޕޮއިންޓް ޔަގީންކޮށްދިން ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އައްޒާމެވެ.

މިމޮޅާއެކު ޓީސީވަނީ ލީގް ތާވަލްގެ ދެވަނައަށް ވަގުތީ ގޮތުން ޖެހިލާފައެވެ. ޔޫވީ އޮތީ ލީގް ތާވަލްގެ 7ވަނާގައެވެ.