ޚަބަރު

ޤައުމީ އަތުލިޔުމުގެ މުބާރާތެއް އަންނަ އަހަރު ބާއްވަނީ


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އަތުލިޔުމުގެ ޤައުމީ މުބާރާތް އަންނައަހަރު ބާއްވަން ހަމަޖެހިއްޖެއެވެ. މި މުބާރާތަކީ ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ސައިކުރާ އިބްރާހިމް ނަޢީމްގެ ވާދައިގެތައްޓަށްބައްވާ މުބާރާތެކެވެ.

އާންމުކޮށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ޚާއްސަކޮށްފައިވަނީ ތިން ގިންތިއަކަށެވެ. އެގޮތުން ތަފާތު ގޮތްގޮތުން ކުޅަދާނަ ފަރާތްތަކަށާއި އޮފީސްތަކުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށެވެ. މި މުބާރާތުން ވަނަވަނައަށްދާ ފަރާތްތަކަށް އަގުހުރި ޢިނާމްތައް ދިނުނމަށް ހަމަޖެހިފައިވާކަމަށްދިވެހި ބަހުގެ އެކެޑަމީން ބުނެއެވެ.

ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ އަތުލިޔުމުގެ ޤައުމީ މުބާރާތެއް ބާއްވަން ނިންމީ މިހާރަކަށްއައިސް އަތުން ލިޔެފައި ހުންނަ ލިޔުންތައް މަދުވުމާއި ލިޔެފައި ހުންނަ ލިޔުންތައް ހުތުރުވުމާއެކު ލިޔުމުގެ ފެންވަރު ރަނގަޅުކުރުމުގެ މަޤުޞަދުގައި ކަމަށެވެ. އަޝްރަފް ވިދާޅުވީ އަތުން ލިޔެފައި ހުންނަ ދިވެހި ލިޔުންތައް މަދުވެފައިވަނީ ޒަމާނީ ޓެކުނޮލޮޖީއާއެކު ލިޔެ ކިއުމަށް އައިސްފައިވާ ބަދަލި ތަކުގެ ސަބަބުންނެވެ.

"ދިރިއުޅުމުގެ އެއްވެސް ހިސާބެއްގަ ނުދާނެ އަތުންލިޔަން ނުޖެހޭ ހިސާބެއް. މިފަންނު އެބަޖެހޭ ވަރަށް ބޮޑަށް އާލާކޮށް ދިރުވަން. މި ސަބަބަށްޓަކައި 2017 ވަނަ އަހަރުންފެށިގެން އޮފީސްތަކުގެ މެދުގައި ވަނީ އަތުލިޔުމުގެ މުބާރާތެއްފަށާފަ. މި މުބާރާތުގައި ބައިވެރިވާ މީހުންގެ ނިސްބަތް އިތުރުވެ ބައިވެރިންގެ އަތުލިޔުމުގެ ފެންވަރު ރަނގަޅު" އަޝްރަފް ޢަލީ ވިދާޅުވިއެވެ.

ދިވެހި އަތުލިޔުން ދިރުވާ އާލާކުރުމުގެ މަޤްޞަދުގައި ދިވެހި ބަހުގެ އެކެޑަމީން މިދިޔަ އަހަރުން ފެށިގެން އޮފިސްތަކުގެ މެދުގައި ކުރިއަށްގެންދާ އަތުލިޔުމުގެ މުބާރާތް މިއަހަރުވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި އަހަރުގެ މުބާރާތުން އެއްވަނައަށް ހޮވިފައިވަނީ ހޯމް މިނިސްޓްރީއެވެ. އަދި އެއްވަނަ މުވައްޒަފަކަށް ހޮވިފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފެކެވެ.