ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަން ބޭއްވުމަށް ބޭނުންވާ ފައިސާ ހޯދަން ފިނޭންސް މިނިސްޓްރީގައި އެދިއްޖެ


ރައްޔިތުންގެ މަޖިލީހުގެ 12 ގޮނޑީގެ ބައި އިލެކްޝަން ބޭއްވުމަށްޓަކައި 14 މިލިޔަން ރުފިޔާގެ ބަޖެޓެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައަޅައިފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ، 12 ގޮނޑީގެ ބައި-އިލެކްޝަން ބޭއްވުމަށް ބޭނުންވާ 14.1 މިލިޔަން ފައިސާ ފިނޭންސް މިނިސްޓްރީން ހަމަޖައްސަވައި ދެއްވިހާ އަވަހަކަށް އެދާއިރާތަކުގެ އިންތިޚާބު ބާއްވާ ދުވަސް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރައްވާނެކަމަށެވެ.

އަކްރަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ހުސްވެފައިވާ ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް އިދާރީގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރު ނިމިފައިވާކަމަށެވެ.