ޚަބަރު

ފުނަދޫގެ މަގުތަކުގައި ތާރުއެޅުމާއި އެއަރޕޯޓް ރަންވޭގައި ތާރުއެޅުމުގެ މަސައްކަތް ޖުލައި މަހު ފަށަނީ


ށ. ފުނަދޫގައި ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ތާރު އެޅުމުގެ މަސައްކަތާއި، އެރަށު އެއަރޕޯޓް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެފިއެވެ.

ށ. ފުނަދޫގައި ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރާ 3.3 ކިލޯ މީޓަރުގެ މަގުހެދުމުގެ މަޝްރޫޤެ ދަށުން މަގުތަކުގައި ކާނު ހަދައި، ޕޭމަޓްތަކާއި، ފަސްގަނޑު އެއްވަރު ކުރުމުގެ މަސަަތްތަކަތް މިހާރުވަނީ ނިންމާލާފައެވެ.

އެމް.ޓީ.ސީ.ސީގެ ޖެނެރަލް މެނޭޖަރ މުޙައްމަދު ޙުޝާމް ވިދާޅުވީ، ފުނަދޫ މަގުހެދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، އޭޕްރީލް މަހުގެ ނިޔަލަށް މަޝްރޫޢުގެ 83 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. ކުރިއަށް އޮތީ މަގުގައި ތާރު އެޅުމާއި، ލައިޓްތައް ހަރުކުރުމުގެ މަސައްކަތްކަމަށާއި، މަގުގެ މަސައްކަތްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކަމަށް ހުޝާމް ވިދާޅުވިއެވެ.

އެމް.ޓީ.ސީ.ސީން ކުރިއަށް ގެންދާ ފުނަދޫ އެއަރޕޯޓްގެ މަސައްކަތްވެސް ހަލުވި ސްޕީޑުގައި ކުރިއަށްދާއިރު، އެރަށުގެ ހިއްކި ސަރަހައްދުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްވެސް ނިމުމަކާއި ގާތްވެފައިވާކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.