ޚަބަރު

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކު މަރުވެއްޖެ


މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލި ޒުވާނަކު މަރުވެއްޖެއެވެ.

އެމް.އެމް.އޭ ސަރަހައްދުގައި މިރޭ ހިންގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ޒަޚަމްކޮށްލުމާއި ގުޅިގެން މަރުވެފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނެކެވެ. ތޫނު އެއްޗަކުން ދިން ހަމަލާތަކަށް ފަރުވާދިނުމަށް އޭނާ އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް އެހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމް.އެމް.އޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ޒުވާނަކަށް ހަމަލާދީފައިވާކަމުގެ ރިޕޯޓް ލިބުނީ މިރޭ 7:16 އެހާއިރުކަމަށާއި މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށެވެ.