ބޭރުގެ ފަރާތްތަކަށް އެނގޭނެ ގޮތަށް ތިން ކަމެއް އިނގިރޭސި ބަހުން ވިދާޅުވާން ކެރިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު، އިދިކޮޅު ކެނޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިހަށް ވަރުގަދަ ޗެލެންޖެއް ކުރިމަތިކުރުވައިފިއެވެ.
މިނިސްޓަރު ސައީދު މިހެން ވިދާޅުވީ ރައީސުލްޖުމްޙޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާޙީމް މ އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މ. ވޭވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާޙަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ އިދިކޮޅު ކެނޑިޑޭޓް ރަށްރަށަށް އަރައި ހޮޅި ވައުދުތައް ވުމުގެ ބަދަލުގައި އިނގިރޭސި ބަހުން ބޭރުގެ ފަރާތްތަކަށް އެނގޭނެ ގޮތަށް ވާހަކަ ދައްކަވަން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. އެގޮތުން މިނިސްޓަރު ވަނީ ތިން ކަމެއް ފާހަގަކޮށް އެކަން ކުރަން ކެރޭނެތޯ އިބުރާޙީމް މުޙައްމަދު ސޯލިހާއި ސުވާލުކުރައްވާފައެވެ.
މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސަޢީދު ވިދާޅުވީ އިންތިޚާބު ކައިރިވެފައި ވަނިކޮށް އިދިކޮޅު ފަރާތްތަކުން ދަނީ އެފަރާތްތަކަށް ވާގިވެރިވާ ޓީވީ ސްޓޭޝަންތައް ބޭނުންކޮށްގެން ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އަގުވައްޓާލަމުން ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުން ސަރުކާރަށް އެއްވެސް ލޮޅުމެއް ނާންނާނެ ކަމަށާއި އަދި ސަރުކާރަށް ތާޢީދުކުރާ އެއްވެސް ފަރާތެއް އެކަމުގެ ސަބަބުން ގުޑުވާނުލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން 23 ސެޕްޓެމްބަރުގައި އެއް ނަމްބަރުގައި ފާހަގަ ޖައްސަވައި ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބުކޮށްދިނުމަށް ގޮވާލާފައެވެ.
ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މ ވޭވަށަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާ ވަނީ އެރަށުގެ ޚާއްސައެހީއަށް ބޭނުންވާ ފަރާތްތަކަށާ އަންހެން ކަނބަލުން އަދި ޒުވާނުންނާއި އިސްރަށްވެހިންނާވެސް ބައްދަލުކުރައްވާފައެވެ.