ނަމާދާއިގުޅޭ ގިނަ މަޢުލޫމާތުތައް ލުއި ފަސޭހަކަމާއެކު އުގެނުމުގެ ފުރުޞަތު ޕީސް ފައުންޑޭޝަނުން ފަހިކޮށްދީފިއެވެ.
މިފުރުޞަތު ފަހިކޮށްދީފައިވަނީ ނަމާދާގުޅޭ ކަންކަން އުގެނުމުގެ ފުރުޞަތު ޢާއްމުންނަށް ފަހިކޮށްދޭގޮތައް ޕީސް ފައުންޑޭޝަނުން “ޞަލާތީ - ޙަޔާތީ” ނަމުގައި ކުރިއަށް ގެންދާ އޮންލައިން ޕްރޮގުރާމެއް މެދުވެރިކޮށްނެވެ. މިޕްރޮގްރާމުގައި މަޢުލޫމާތުދެއްވާނީ މަދީނާ އިސްލާމިކް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރައްވާފައިވާ އައްޝައިޚް ޝުއައިބް ނާޡިމެވެ.
ޕީސް ފައުންޑޭޝަނުން ބުނީ މި މަހުގެ 13 ވަނަ ދުވަހު މި ޕްރޮގުރާމު ފަށާފައިވާކަމަށެވެ. 5 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގުރާމް ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެރޭ 19:45ގައި ފަށާއިރު ، 45 މިނެޓަށް ކުރިއަށް ގެންދާނެމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ. މިޕްރޮގްރާމްގައި ބައިވެރިވުމަށް އިތުރަށް ބޭނުންވާނީ އިންޓަރނެޓް ލިބޭ ފޯނެއް ނުވަތަ މަސްނުވި ސިކުނޑި (ކޮމްޕިއުޓަރ، ނޯޓްބުކް ޕީސީއެއް) ފަދަ އާލާތެއްކަމަށް ޕީސް ފައުނޑޭޝަނުން ބުނޭއެވެ.
އިންޓަރނެޓް ލިބޭ ސްމާޓް ފޯނެއް، ކޮމްޕިއުޓަރ، ނޯޓްބުކް، ނުވަތަ ޕީސީ ފަދަ އާލާތެއް ބޭނުކޮށްގެން ޕްރޮގުރާމުގައި ބައިވެރިވެވޭނެކަމަށާއި، ޕްރޮގުރާމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ”SH(space)NAME” ޖެއްސެވުމަށްފަހު 7341781 ނަންބަރު ފޯނަށް މެސެޖް ކުރެއްވުމުން ބައިވެރިވުމުގެ އިންތިޒާމު ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވ
ރަޖިސްޓަރ ކުރުމުން ޕްރޮގްރާމްގެ ބައިވެރިންނަށް މިޕްރޮގްރާމްތަކުގައި ނަގައިދޭ ފިލާވަޅުތަކުގެ ޚުލާސާ ހޭންޑް އައުޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެެވެ.
ޕްރޮގުރާމުގެ ބައިވެރިންނަށް އީމެއިލް މެދުވެރިކޮށް ހޭންޑް އައުޓް ދިނުމަށް ހަމަޖެހިފައިވާއިރު، ޕްރިންޓް ކުރަން ދަތި ފަރާތްތަކަށް ޕީސް ފައުންޑޭޝަނުގެ ފަރާތުން ހޭންޑް އައުޓް ޕްރިންޓްކޮށް އެމީހަކު ހުރި ތަނަކަށް ގެންގޮސް ދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުން ގިނަ ފަރާތްތަކުން މިޕްރޮގްރާމުގައި ބައިވެރިވެފައިވާއިރު މިޕްރޮގުރާމާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7792270 / 9552949 ނަންބަރ ފޯނަށް ގުޅާލުމުން ހުރިހައި މަޢުލޫމާތެއް ހިއްސާކުރާނެކަމަށް ޕީސް ފައުންޑޭޝަނުން ބުނެއެވެ.