ޚަބަރު

އިތުރު ތިން ރަށެއްގަ ބީއެމްއެލްގެ އޭޓީއެމް ބަހައްޓަނީ


ގއ އަތޮޅުގެ 3 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ބީއެމްއެލް

ރާއްޖޭގެ އިތުރު ތިން ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއޭމް ބެހެއްޓުމުގެ މަސައްކަތް ބީއެމްއެލުން ފަށައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނީ އަލަށް ސެލްފް ސަރވިސް އޭޓީއޭމްތައް ބަހައްޓަން ނިންމާފައިވަނީ ލ.މާވަށާއި، ބ.ތުޅާދޫއާއި ރ.އަލިފުށީގައިކަމަށެވެ. ބީއެމްއެލުން ބުނީ، މި ތިން ރަށުގައި އޭޓީއެމް ބެހެއްޓުމަށްޓަކައި އެރަށްރަށުގައި އޭޓީމް ބޫތުތައް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.

ބީއެމްއެލުން ދަނީ އެ ބޭންކުން ދޭ ޚިދުމަތް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ އެކި ޞަރަޙައްދުތަކުގައި އޭޓީއޭމް މެޝިންތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެއާ އަތޮޅުތަކުގައި މިހާތަނަށް 100 އޭޓީއެމް ވަނީ ޤާއިމްކޮށްފައެވެ.