ޚަބަރު

ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް 104.2 މިލިއަން ރުފިޔާ


ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރާ ހޭދަ އިތުރުކުރުމަށް 2019ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ސަތޭކަ ހަތަރެއް ޕޮއިންޓު ދޭއް މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. މިއީ ޓުއަރިޒަމް އިސްތިހާރުކުރުމަށް މިހާރު ކަނޑައަޅާފައިވާ މިންވަރަށްވުރެ 3 ގުނަ އިތުރު ޢަދަދެކެވެ.

ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރުކުރުމަށް ފާއިތުވި އަހަރު ތަކުގައި ޓޫރިޒަމް މިނިސްޓްރީން ޚަރަދުކުރި މިންވަރަށްވުރެ އިތުރަށް 2019 ވަނަ އަހަރު ޚަރަދުކުރުމަށް ކަނޑައަޅައި މިކަމަށްޓަކައި 104.2 މިލިއަން ރުފިޔާ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވެއެވެ. އެހެންކަމުން މިހާރު ޓޫރިޒަމް އިސްތިހާރުކުރުމަށް ޚަރަދުކުރާ 0.50 މިލިއަން ރުފިޔާއާއެކު، 2019 ވަނަ އަހަރު 154.2 މިލިއަން ރުފިޔާ ޚަރަދުކުރުމަށް ރޭވިފައިވެއެވެ. މިއާއެކު ޓޫރިޒަމް އިސްތިހާރުކުރުމުގެ ޚަރަދު މިހާރު ހިނގަމުންދާ މިންވަރަށްވުރެ 3 ގުނަ އިތުރަށް ބޮޑުވެގެންދާނެއެވެ. ރާއްޖޭގެ އިސްތިހާރު ބަޖެޓުގެ ގޮތުގައި މިފަހަރު ސަރުކާރުން ހިމަނާފައިވަނީ 53.7 މިލިއަން ރުފިޔާ އެވެ.

ޓޫރިޒަމްގެ ދާއިރާއިން އަލަށް ފަށާ ކަންކަމުގެ ތެރޭގައި، ދާއިރާގައި މަސައްކަތްކުރަން ދިވެހިން ތަމްރީން ކުރުމަށް 10 މިލިއަން ރުފިޔާގެ ފަންޑެއް ވަނީ އަންނައަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައެވެ. އަދި ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވައިދޭ ޖޮބް ސެންޓަރެއް ޤާއިމް ކުރުމަށް 10 މިލިއަން ރުފިޔާގެ މަޝްރޫއެއް ވަނީ ބަޖެޓްގައި ހިމަނާފައެވެ.

2019ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކަނޑައަޅާފައިވާ މިންވަރު އިތުރުކޮށްފައިވަނީ ނިއު ޕޮލިސީ އިނިޝިއޭޓިވްސް ނުވަތަ މިހާރު ހިނގަމުންދާ މިންވަރަށްވުރެ ބަޖެޓު އިތުރުކުރުމަށް ކަނޑައެޅޭ ކަންތައްތަކެއްގެ ގޮތުގައެވެ. ބަޖެޓު ތަފްސީލް ރިޕޯޓުގައިވާގޮތުގެ މަތިން ނިއު ޕޮލިސީ އިނިޝިއޭޓިވްސް ބެހެނީ އައު ހަރަކާތްތަކާއި އައު މަޝްރޫއުތަކަށެވެ.

ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ގޮތުގައި 2019 ވަނަ އަހަރުގެ ބަޖެޓުގައި 8.656 މިލިއަން ރުފިޔާ ކަ ނޑައަޅާފައިވެއެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސްއަކީ މިހާރު ހިނގަމުންދާ މިންވަރަށްވުރެ ބަޖެޓު އިތުރުކުރުމަށް ކަނޑައެޅޭ ކަންތައްތަކެވެ. ނިއު ޕޮލިސީ އިނިޝިއޭޓިވްސް ބެހެނީ އައު ހަރަކާތްތަކާއި އައު މަޝްރޫއުތަކަށެވެ. މިގޮތުން ބަޖެޓުން ލިބޭ ޖާގަ ނުވަތަ ފިސްކަލް ސްޕޭސް މި ހަރަކާތްތަކަށާއި އައު މަޝްރޫއުތައް ފަންޑުކުރުމަށް ކަނޑައެޅެއެވެ. އައު ހަރަކާތެއް ނޫނަސް، މިހާރު ހިނގަމުންދާ މިންވަރަށްވުރު ބަޖެޓު އިތުރުކުރަން ޖެހޭނަމަ ނިއު ޕޮލިސީ އިނިޝިއޭޓިވްސްގެ ތެރޭގައި ހިމަނައެވެ.