ތިން މަހެއްހައި ދުވަހުގެ ތެރޭގައި ސަރުކާރުގެ ސަތޭކަ އިންސައްތަ ހިއްސާވާ ކުންފުނިތަކުގެ ފުރިހަމަ އޮޑިޓެއް ނެރެދެއްވުމަށް އޮޑިޓަރ ޖެނެރަލްގެ އަރިހުން ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އެދިވަޑައިގެންފިއެވެ.
މެންބަރު މިގޮތަށް އެދިވަޑައިގަތީ ދައުލަތުގެ ކުންފުނިތަކުގެ މާލީ ޙާލަތު ދަށްވަމުން ދާތީ، އެ ކުންފުނިތަކުގެ ޕާރފޯމެންސް އޮޑިޓެއް ހެދުމާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލްގެ ލަފާފުޅެއް ހޯއްދެވުމަށް އަންގާރަ ދުވަހު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައެވެ.
މެންބަރު ޣަފޫރު ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ ވިސްނުމަކީ އެކުންފުނިތަކުގެ ބަޖެޓުން އައުޓްސޯސް ކޮށްގެން އެތަންތަނުގެ އޮޑިޓް ރިޕޯޓެއް ހެދުން ކަމަށާއި އެހެން ކަމުން އޮޑިޓް އޮފީހުގެ ބެއްލެވުމުގެ ދަށުން ވީއެންމެ އަވަހަކަށް އެކަން ކުރުމަށް އެދޭކަމަށެވެ.
ޢަބްދުލްޣަފޫރު ވިދާޅުވިއެވެ.
މެންބަރު ޣަފޫރު ވަނީ އެކަން ކުރުމުގައި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް އޮތްތޯ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތުގެ އަރިހުން އައްސަވައި އެކަން ކުރެވޭނެ ހުރިހާ މަގެއް މާލިއްޔަތު ކޮމިޓީން ފަހިކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ އެކަމުގައި ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތް ކަމަށް ވިދާޅުވެ، ތިން މަސްތެރޭގައި ކުންފުނިތަކުގެ އޮޑިޓް ރިޕޯޓެއް ތައްޔާރުކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ.