ޚަބަރު

ޑެޕިއުޓީ އޭޖީގެ މަޤާމަށް ޝަބީން ޢައްޔަން ކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ ގެ މަޤާމަށް ބޭފުޅަކު ޢައްޔަން ކުރައްވައިފިއެވެ.

ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވަނީ މ.ނިޔަދުރުމާގެ ޚަދީޖާ ޝަބީންއެވެ. ޚަދީޖާ ޝަބީން އެމަޤާމަށް ޢައްޔަންކުރައްވާފައިވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ޑެޕިއުޓީ އެޓާނީގެ މަޤާމަށް ޢައްޔަން ކުރެއްވި ޚަދީޖާއަށް، މަޤާމުގެ ފަތްކޮޅު ދެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޚަދީޖާ ޝަބީން އަކީ ސިންގަޕޫރުގެ ނެޝަނަލް ޔުނިވަރސިޓީ އޮފް ސިންގަޕޯ އިން މާސްޓަރ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް މެލްބަން އިން ބެޗްލަރ އޮފް ލޯސް ވިތް އޮނަރސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

މީގެ އިތުރުން އެކަމަނާއަކީ ޤާނޫނީ ދާއިރާގައި މިހާރުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޚަދީޖާ ޝަބީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ މަޤާމުތަކާއި އަމިއްލަ ލޯ ފަރމްތަކުގައިވެސް ޤާނޫނީ ދާއިރާއިން މަސައްކަތްކުރައްވާފައިވެއެވެ.