ކުޅިވަރު

ޖޫން މަހުގައި ސީޒަން ފެށުމުން ކުލަބްތަކަށް ވަނީ ފައިދާ - ޓީސީ ޑޭވް


މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހުގައި ފަށަން އެފްއޭއެމުން ނިމުމުން ކުލަބްތަކަށް ވަރަށް ބޮޑަށް ފައިދާ ކުރާނެކަމަށް ޓީސީ ސްޕޯޓްސް ކުލަބްގެ ކުރީގެ ރައީސް އަހުމަދު ނަޝީދު (ޑޭވް) ބުނެފި.

މިއަހަރުގެ އޭއެފްސީ ކަޕުން ރާއްޖޭގެ ކުލަބްތަކަށް ޖާގަ ގެއްލުމުން އެފްއޭއެމުންވަނީ މިއަހަރުގެ ފުޓްބޯޅަ ސީޒަން ޖޫން މަހުގައި ފެށުމަށް ނިންމާފައެވެ.
ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން އަހުމަދު ނާޝިދު ބުނީ ފާއިތުވި ދެ ތިން އަހަރުވެސް ކުލަބްތައް އުޅެންޖެހިފަނީ ވަރަށް ހާލުގައިކަމަށެވެ. އެއް ސީޒަން ނިމި އަނެއް ސީޒަނާއި ކުރިމަތިލާއިރު، ފާއިތުވި އަހަރުގެ ދަރަނި އަދާ ނުކުރެވުމުގެ އިތުރުން ކުލަބްގެ ކުޅުންތެރިނަށް މުސާރަވެސް ނުދެވޭކަމަށް އޭނާ ބުނެފިއެވެ. ހާއްސަކޮށް މިއަހަރު މާޒިޔާ ފިޔަވާއެހެން އެއްވެސް ކުލަބަކަށް ބަރާބަރަށް މުސާރަ ދެވިފައިނުވާކަމަށާއި މިހާރުވެސް ބައެއް ކުލަބްތަކުން ކުޅުންތެރިނަށް ދޭންޖެހޭ މުސާރަ ނުދެވޭކަމަށް އަހުމަދު ނަޝީދު ބުނެފިއެވެ.

ޖޫން މަހުގައި މިއަހަރުގެ ފުޓްބޯޅަ ސީޒަން ފަށަން އެފްއޭއެމްއިން ނިންމުމުން ކުލަބްތަކަށް މިއަހަރުގެ ފުޓްބޯޅަ ސީޒަންއަށް ތައްޔާރުވުމަށް ވަގުތު ލިބޭނެކަމަށާއި އެއީ ކުލަބްތަށް ހިންގަމުންދާ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިންހަމަޖެހުމެއްކަން ނަޝީދުވަނީ ފާހަގަކޮށްފައެވެ. މި 6 މަސްދުވަހުގެ ތެރޭގައި ކުލަބްތަކުން ސްޕޮންސަރުން ހޯދުމާއި އާ ކުޅުންތެރިން ހޯދުމަށްވެސް ވަގުތު ލިބޭނެކަމަށާއި މިއަހަރުގެ ފުޓްބޯޅަ ސީޒަން މާޗް މަހުގައި ފަށަން އެފްއޭއެމުން ނިންނިނަމަ، ޓީސީ ސްޕޯޓްސް ކުލަބަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނީސްކަމަށް ޓީސީ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ޑޭވް ބުނެފިއެވެ

"މިހާރުވެސް މިއުޅެނީ މިއަހަރުގެ ކުލަބްތަކުގެ ދަރަނި އަދާ ނުކުރެވިގެން، ކުޅުންތެރިންނަށް މުސާރަ ނުދެވިގެން. މިހާލަތުގައި އޮއްވާ ކިހިނެއް އަޅުގަނޑުމެން ކުޅުންތެރިންނާއި ވާހަކަދައްކާނީ، ޓީސީއަކީ ޗެންޕިއަނުން، ނަމަވެސް ޓީސީވެސް އަދި އެއް މަސް އެބައޮތް ކުޅުންތެރިންނަށް މުސާރަ ދޭން. ކުލަބްތަކުގެ ހިންގާ ފަރާތްތަކަށް އެކަނި އިގޭނީ ސްޕޮންސަރުންނާއި ކުލަބް ހިންގުމަށް ފައިސާ ހޯދާ ގޮތް. ނޫސްވެރިންނަމަށް ނުވަތަ ކުލަބްތަކުގެ ކޯޗުންނަކަށް އެކަމެއް ނޭންގޭނެ. މިފުރުސަތުގައި ކުލަބްތަކުން ފައިމައްޗަށް ދެތުވަންވީ."
މިއަހަރުގެ ޖޫން މަހުގައި ފުޓްބޯޅަ ސީޒަން ފެށުމަށް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ 8 ކުލަބްގެ ތެރެއިން 7 ކުލަބްއިން ތާޢީދުކޮށްފައިވާކަމަށް އެފްއޭއެމުންވަނީ ބުނެފިއެވެ.