ކުޅިވަރު

ރާއްޖޭގެ ފުރަތަމަ އެކްރެޑިޓް ރެފްރީއަކަށް އަލީ އަބްދުލް ކަރީމް


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ރެފްރީއަކަށް އަލީ އަބްދުލް ކަރީމް ވެއްޖެއެވެ.

ރާއްޖޭގައި އިންޓަރނޭޝަނަލް 4 އަމްޕަޔަރުން ތިބޭއިރު، މިއީ ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ރެފްރީއަކަށް ރާއްޖޭގެ އަމްޕަޔަރަކަށް ވެވުނު ފުރަތަމަ ފަހަރެވެ. ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ރެފްރީއަކަށް ވުމަށް ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކުރަންޖެހެއެވެ. އެންމެ ފުރަތަމަ އިންޓަރނޭޝަނަލް އަމްޕަޔަރަކަށް ވުމަށްފަހު ވަކިވަރަކަށް އިންޓަރނޭޝަނަލް މެޗްތަކުގެ އަމްޕަޔަރުކަން ކުރުމަށްފަހު، އޭގެއިން ފާސްވެ ރީޖަނަލް ލެވެލްގެ އަމްޕަޔަރަކަށްވުމުގެ ފުރުސަތު ލިބެއެވެ. ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ލެލެވްގެ އަމްޕަޔަރަކަށްވެވޭނީ ރީޖަނަލް ލެވެލް ފުރިހަމަ ކުރުމަށްފަހުއެވެ.

އަމްޕަޔަރުންނަށް އިންސާފް ކުރެވޭނީ އެވަގުތެއްގައި ހިގަމުންދާ މެޗަކަށެވެ، ނަމަވެސް ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ރެފްރީއަކަށް މުޅި މުބާރަތަށްވެސް އިންސާފް ކުރެވިދާނެއެވެ. އަދި އަމްޕަޔަރުންގެ ނިންމުންވެސް ބަދަލް ކުރުމުގެ ބާރު ބެޑްމިންޓަން އޭޝިއަން އެކްރެޑިޓް ރެފްރީއަކަށް ލިބޭނެެއެވެ.

ރާއްޖޭގެ އިންޓަރނޭޝަނަލް ލެވެލްގެ މެޗުތައް ކުރެވޭ 4 އަމްޕަޔަރުންނަކީ އިބްރާހީމް ޒިޔާޢު، އަހުމަދު ޝިހާމް، އަޝްރަފް ރަޝީދު އަދި އަލީ އަބްދުލް ކަރީމެވެ.
ރީޖަނަލް ކޯސް މިހާރު ހަދާފައިވާ ހަތަރު އަމްޕަޔަރުންނަކީ އާމިނަތު އަލީ، ޝިޔާދު ހަބީބް އަދި އިބްރާހީމް ޒިޔާޢެވެ.