ކުޅިވަރު

މިއަހަރުގެ ކޮޕާ އެމެރިކާގެ ފޭވަރިޓުންނަކީ ބްރެޒިލް - ކަފޫ


މިއަހަރުގެ ކޮޕާ އެމެރިކާގެ ފޭވަރިޓުންނަކީ ބްރެޒިލް ކަމަށް، ބްރެޒިލް ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރ ކަފޫ ބުނެފިއެވެ.

ކަފޫ ބުނީ، ބްރެޒިލް ވާދަކުރާ ކޮންމެ މުބާރާތެއްގައިވެސް އާންމުކޮށް ފޭވަރިޓުންނަށް ވަނީ ބްރެޒިލް ކަމަށާއި، ހާއްސަކޮށް މިއަހަރުގެ ކޮޕަރ އެމެރިކާ ފުޓްބޯޅަ މުބާރާތް ބްރެޒިލްގައި އޮތުމުން، ހަމަ ގައިމުވެސް ބްރެޒިލްއަކީ މިމުބާރާތުގެ ފޭވަރިޓުން ކަމަށެވެ.

ކަފޫބުނީ އަމިއްލަ ގައުމުގައި މުބާރާތް ކުޅެން ލިބުމަކީ ލިބޭނެ ވަރަށް ބޮޑު އެޑްވާންޓޭޖެއް ކަމަށާއި، މިމުބާރާތް ބްރެޒިލްއަށް ކާމިޔާބު ކުރެވެން ވާނެ ކަމަށެވެ.

1994 އަދި 2002ވަނަ އަހަރުގެ ވޯލްޑްކަޕް ބްރެޒިލްއާއިއެކު ކާމިޔާބުކޮށްފައިވާ ކަފޫ ވަނީ ބްރެޒިލްގެ ކޯޗު ޓިޓޭއަށް އަމާޒުވަމުންދާ ފާޑުކިއުންތަކަށްވެސް ރައްދު ދީފައެވެ. އެގޮތުން ކަފޫ ބުނީ، ހަގީގަތުގައި ޓިޓޭ އަށް ގައުމީ ޓީމުގެ ފަރިތަކުރުންތަށް ކުރިއަށްގެންދަން އެކަށީގެންވާރަށް ވަގުތު ނުލިބޭ ކަމަށާއި، ހުރިހާ ކުޅުންތެރިން އެކުގައި ފަރިތަކުރަން ނުލިބޭނަމަ ކޯޗަށްވެސް ކުރެވޭނެ މާބޮޑުކަމެއް ނޯންނާނެކަމަށެވެ.

ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ޗިލީ. ޗިލީއިން މުބާރާތް ކާމިޔާބުކުރީ ފައިނަލުގައި އާޖެންޓިނާ ބަލިކޮށްގެން.