ކުޅިވަރު

ޓީމުގެ ފަރިތަކުރުންތައް ދާގޮތާމެދު ވަރަށް ހިތްހަމަ ޖެހޭ - ކުޅުންތެރިން


ކުރިއަށް އޮތް އަންހެން ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވާ ގައުމީ އަންހެން ޓީމްގެ ފަރިތަކުރުންތަށް ކުރިއަށް ދާގޮތާއި މެދު ވަރަށް ހިންހަމަޖެހޭކަމަށް ގައުމީ އަންހެން ޓީމްގެ ކުޅުންތެރިން ބުނެފިއެވެ.

އެންމެ ފަހުގެ އަންހެން ސާފް ޗެންޕިއަންޝިޕްގެ ތިންވަނަ މަގާމް ހޯދުމާއި ގުޅިގެން މިފަހަރު އަންހެން ޓީމްގެ އަމާޒަކީ މުބާރާތުގައި ފައިނަލުން ޖާގައެއް ހޯދުމެވެ. ގައުމީ އަންހެން ޓީމްގެ ބައެއް ކުޅުންތެރިން ބުނީ މިފަހަރުގެ އަޒާމަކީ ފައިނަލުން ޖާގައެއް ހޯދާ ރަންވަނައެއް ހޯދުންކަމަށެވެ.

އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕަށް އެންމެ އެކަށީގެންވާގޮތުގައި ތައްޔާރުވެސް ނުވެވޭކަމަށާއި އޭރުގައި ލިބުނު މަދު ދުވަސްކޮޅާއި އަޅާބަލާއިރު ކުރެވުނު ތަމްރީންތައް ރަގަނޅުކަމަށް އަންހެން ކުޅުންތެރިން ބުންޏެވެ. ނަމަވެސް އެއާއި ހިލާފަށް މިއަހަރުގެ މުބާރާތަށް ތައްޔާރުވުމަށް ވަރަށް ކުރިން ފަރިތަކުރުންތައް ފަށައިފައިވާކަން ކުޅުންތެރިން ފާހަގަކުރިއެވެ. އަދި މިފަހަރު ފިޒިކަލް އިސްޓްރަކްޓަރެއްގެ ލަފާގެ މަތީން ކުރިއަށްދާތީ ކުޅުންތެރިން ކުރިއަށް ވުރެ ފިޓްނަސް ރަނގަޅު ކުރުމަށް ހިތްވަރު ލިބޭކަންވެސް ކުޅުންތެރިން ވަނީ ފާހަގަކޮށްފައެވެ.

"މިފަހަރުގެ ތަމްރީންތަށްދަނީ ވަރަށް ރަގަނޅަށް. ކުރިން މުބާރަތުގައި ސެމީއަށް ދެވިފައި އޮތީމަ، މިފަހަރު ބޭނުންވަނީ އެއަށް ވުރެއް މައްޗަށް ޖެހިލަން. އެއީ ފައިނަލްއަށް ދިއުން. މިފަހަރުގެ ފަރިތަކުރުންތަށް ވަރަށް ތަފާތު ފިޒިކަލް އިންސްޓްރަކްޓަރެއްގެ އެހީގައި ފަރިތަކުރުންތަށް ކުރިއަށްދާތީ، ކުދިންގެ ފިޒިކަލް މިހާރުވަނީ ވަރަށް ބޯޑުތަން އިމްޕްރޫވްވެފަ. އަދި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތަށް ކުރިއަށް ގެންދިއުމުގެ ސަބަބުން ޓީމް ވޯކް ވަރަށް ރަގަނޅުކަން ފާހަގަކޮށްލެވޭ."

އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕްގެ ސެމީއަށް ރާއްޖެ ދަތުރުކޮށްފައިވަނީ ބޫޓާން ތިނެއް އެކަކުން ބަލިކޮށްގެންނެވެ. އަދި ރާއްޖެވަނީ ގުރޫޕް ސްޓޭޖްގައި ލަންކާ ފަހެއް ދޭކުން ބަލިކޮށްފައެވެ.