ވިޔަފާރި

ސްކޫބާ ޑައިވިންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތައް ރަޖިސްޓަރީކުރުމަށް އެދިއްޖެ


ރާއްޖޭގައި ސްކޫބާ ޑައިވިންގެ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކުން ޓޫރިޒަމް މިނސިްޓްރީގައި ރަޖިސްޓްރީކުރުމަށް ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެން.ބީ.އެމްއިން އެދިއްޖެއެވެ.

އެންބީއެމްއިންް ބުނީ ސަލާމަތީ ކަންކަމަކީ އެޖަމުއިއްޔާއިން ވަރަށް މުހިއްމުކަމެއް ދީގެން ބަލަމުންގެންދާ ކަމެއްކަމަށެވެ. އެހެންކަމުން ރަޖިސްޓްރީކުރުމަށްފަހު ސްކޫބާ ޑައިވިންގެ ޚިދުމަތް ކުރިއަށްގެންދާއިރު ހުރިހާ ފަރާތްތަކުން ވެސް ރަޖިސްޓްރީކޮށްގެން މި މަސައްކަތްކުރުމަށް އެޖަމިއްޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޑައިވިންގެ ޚިދުމަތްތައް ފޯރުކޯށްދޭ ފަރާތްތައް ރަޖިސްޓަރކުރުމަށް ހުޅުވާލާފައިވާއިރު މިކަމަށް ބޭނުންވާ ފޯމް ޓޫރިޒަމް މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެކަމަށް އެންބީއެމް އިން ބުނެއެވެ.

މީގެއިތުރުން ވެސް ނެޝަނަލް ބޯޓިންގ އެސޯޝިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ސްކޫބާ ޑައިވިންގ އާއި ބެހޭގޮތުން މިދާއިރާގައި މަސައްކަތްކުރާ ޒުވާނުން ހޭލުންތެރިކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. މިއީ ޑައިވްކުރުމުގައި ދިމާވާ ހާދިސާތަކުން ރައްކާތެރިވެ، މި ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ މަޤްސަދުގައި އެކުންފުނިން ކުރއިަށްގެންދާ ކެމްޕެއިނެކެވެ.

ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ނުވަތަ ކުރީގެ ނަމުންނަމަ ލިވަރބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަކީ ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ކަނޑު އުޅަނދުފަހަރުތައް ހިމެނޭ ޖަމުޢިއްޔާއެކެވެ.