ކުޅިވަރު

ތަޖުރިބާކާރު ކުޅުންތެރިން ތިބުމަކީ ހިތްހަމަޖެހުމެއް - ޕޮލިސް ކްލަބް


ޕޮލިސް ކުލަބުގައި ތަޖުރިބާކާރު ގިނަ ކުޅުންތެރިން ތިބުމަކީ މިފަހަރު އެސޯސިއޭޝަން ކަޕަށް ނިކުންނައިރު ޕޮލިސް ކުލަބަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުންކަމަށް ކޯޗް ޚާލިދު މުޙައްމަދު ބުނެފިއެވެ.
ޕޮލިސް ކުލަބްގެ އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ވޮލީ ކުޅުންތެރިޔާ ހައްވާ ރަޝިދާއެވެ.

ކޯޗް ހާލިދު ބުނީ މިފަހަރުގެ މުބާރާތަށް އެންމެ އެކަށީގެންވާ ގޮތުގައި ފަރިތަކުރުންތައް ކުރިއަށް ނުގެންދެވޭކަމަށާއި މުބާރާތް ބައްވާ ތާރީހު ބަދަލްވުމުން ފަރިތަކުރުންތަކަށް ވަރަށް ބޮޑަށް އުނދަގޫތަކެއް ދިމާވިކަމަށެވެ.
"އެއްވެސް މެޗްއެއް ނުކުޅެ މުބާރާތާއި ކުރިމަތިލާން ޖެހުމުން އުދަގޫތަކެއް ހުންނާނެ. އެންމެ ބޮޑު ހިންހަމަޖެހުމަކީ ތަޖްރިބާކާރު ގިން ކުޅުންތެރިން ޓީމްގައި ތިބިކަން. އެއްވެސް މެޗްއެއް ނުކުޅެ މުބާރާތާއި ކުރިމަތިލާން މިޖެހެނީ. ތިން މެޗް ކުޅެން ޖެހެނީ. އެހެން ވީމަ ކޮންމެ މެޗްއެއްވެސް ވަރަށް މުހިންމު. ފުރަތަމަ ސެޓްގައި އެކަން ހައްލުވާނެކަމަށް މިބަލަނީ. ޕްލިމަނަރީ ބުރުގައި ކުޅެފައި އަންނަ ޓީމްތަކަށް މީގައި ފުރުސަތު ބޮޑީ."
އަދި އެސޯސިއޭޝަން ކަޕްގެ ކުރިން އެއްވެސް މެޗެއް ކުޅެލަން ނުލިބޭތީ ޓީމް ފޯމަކަށް އެޅުވުމަށް ގިނަ ހުރަސްތަކާއި ކުރިމަތިވާނެކަމަށްވެސް ކޯޗް ހާލިދު ބުންޏެވެ.