ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. 
މެޓު އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ރާއްޖެ މަތީގައި އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފެއްގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށެވެ. ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިއަށް އޮތް 24 ގަޑިއިރު ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މެޓު އޮފީހުން ލަފާކުރެއެވެ. 
އަދި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައް މަޑުނަމަވެސް، އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓު އޮފީހުން ލަފާކުރެއެވެ.