ކުޅިވަރު

ލަންކާގެ ކްރިކެޓް ޓީމެއް ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން - މަޚުލޫފް


ސްރީލަންކާގެ ކްރިކެޓް ޓީމެއްވެސް ރާއްޖެ ގެނެސް އެކުވެރިކަމުގެ މެޗެއް ކުޅުމަށް މަސައްކަތް ކުރާނެކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ހުކުރު ދުވަހު އެއަރ އިންޑިޔާގެ ޓީމާއިއެކު ކުޅޭ އެކުވެރިކަމުގެ މެޗާއި ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ. އެއަރ އިންޑިޔާގެ ޓީމްގައި ހިމެނޭ އެންމެ ފާހަނގަކޮށްލެވޭ ކުޅުންތެރިންނަކީ 2011ވަނަ އަހަރު ކްރިކެޓް ވޯލްޑްކަޕް އިންޑިޔާއިން ކާމިޔާބުކުރިއިރު އެޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާ ޔޫވްރާޖް ސިންގއާއި. އަދި މީގެ އިތުރުން އައިޕީއެލްގައި މިހާރުވެސް ކުޅެމުން އަންނަ މަޝްހޫރު ކުޅުންތެރިން ހިމެނެއެވެ.

މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުޅިވަރު ޕްރޮމޯޓް ކުރުމަށް މިއީ ފެށުންކަމަށާއި ކުރިއަށް އޮތްތާގައި ގިނަ ޓީމްތަކެއް ރާއްޖެ ގެނެސް ގިނަ މެޗްތަކެއް ކުޅުމުގެ ވިސްނުން އެބަހުރިކަމަށެވެ. އަދި އަވައްޓެރި ސްރީލަންކާގެ ޓީމެއް ރާއްޖެނެގެއުމުގެ ވިސްނުންވެސް އެބަހުރިކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ވަކި ކުޅިވަރަކަށް އޮތްކަމެއްނޫންކަމަށާއި ބޭރުގެ މަޝްހޫރު ކުޅުންތެރިންނާއި ޓީމްތަށް ބޭނުންކޮށްގެން ރާއްޖޭ އާއި ކުޅިވަރު ކުރިއެރުވުމަކީ މިސަރުކާރުން ވަރަށް އިސްކަމެއް ދޭނެކަމެއްކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި އިންޓަރނޭޝަނަލް މުބާރާތްތަށް ބޭއްވުމަކީވެސް މިސަރުކާރުން ވަރަށް އިސްކަމެއް ދޭނެކަމެއްކަމަށާއި މިކަމާއި ގުޅޭ ގޮތުން ބައެއް އެސޯސިއޭޝަންތަކާއި މިހާރުވެސް ވާހަކަދައްކަމަށް އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ ވަރަށް އަވަހަށް އެސޯސިއޭޝަންތަކުގެ ވެރިންނާއި ނޫސްވެރިންނާއިއެކު އިންޑިޔާއަށް ދަތުރެއް ކުޅުމަށް ހަމަޖެހިފައިވާކަމަށެވެ.