ކުޅިވަރު

ސަރުކާރުން ކުޅިވަރަށްދޭ ސަމާލުކަން ދައްކައިދީފި - ނައިބް ރަޢީސް


އެއަރ އިންޑިޔާގެ ޓީމް މާލެ ގެނެސް މެޗެއް ކުޅުމަކީ މިއަދުގެ ސަރުކާރުން ކުޅިވަރަށް ދޭ ސަމާލުކަން ދައްކައިދޭކަމެއްކަމަށް ނައިބް ރައީސް ފައިނަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބް ރައީސް ފައިނަލް ނަސީމް ވިދާޅުވީ އެއރ އިންޑިޔާއާއި އެކު ކުޅުނު މެޗަކީ ވަރަށް ހާއްސަ މެޗެއްކަމަށާއި އިންޑިޔާގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޔުވްރާޖް ސިންގްއާއިއެކު އެއް ދަނޑެއްގައި ކުޅެލަން ލިބުމަކީ ވަރަށް ފާހަގަކޮށްލެވޭކަމެއްކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ މިއީ މިއަދުގެ ޒުވާނުންނަށް ލިބޭ ވަރަށްބޮޑު ހިންހަމަޖެހުމެއްކަމަށެވެ. މިއަދު ސަރުކާރުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަމާއި، ކުޅިވަރު ކުރިއަރުވާ އާލާކޮށް ދިރުވާނެ މިންވަރުގެ މި މެޗުން އެކަނިވެސް ފެނިއްޖެކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ބޭނުމަކީ ހުރިހާ ކުޅިވަރެއްވެސް ތަރައްގީކޮށް ކުރިއެރުވުންކަމަށާއި ގައުމެއްގެ ހަމަޖެހުމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ކުޅިވަރަކީ ވަރަށް މުހިންމު ވަސީލަތެއްކަމަށް ނައިބް ރައިސް ފައިސަލް ނަސީމް ވިދާޅުވިއެވެ.