ކުޅިވަރު

ހަތްވަނަ އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ބައިގެ ކުޅުން ފަށައިފި


ހަތާވީސް ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގައި އަންހެންބައިގެ ކުޅުން ފަށައިފިއެވެ.

މިމުބާރާތުގެ އަންހެންބައިގެ ކުޅުންފަށާފައިވާއިރު ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ ޓީރެކްސް ބާސްކެޓްބޯލް އެކަޑަމީއާއި ބެންޗް ސްޕޯޓްސް ކުލަބެވެ. މިމެޗް 3 ޕޮއިންޓްގެ ތަފާތުން ކާމިޔާބުކޮށްފައިވަނީ ބެންޗް ސްޕޯޓްސް ކުލަބެވެ.

ބެންޗުން މެޗު ކާމިޔާބުކުރީ 47 ޕޮއިންޓް 44 ޕޮއިންޓުން. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ބެންޗް ސްޕޯޓްސް ކުލަބަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިން އާމިނަތު ނަޒްރާއެވެ. ޓީރެކްސް ސްޕޯޓްސް އެކަޑަމީއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނި އަމްރާ މުހައްމަދު އާމިރެވެ.

އަންހެން ބައިގެ ދެވަނަ މެޗްގައި ޔޫއެން ފްރެންޑްވަނީ ސައިކްލޯންގެ މައްޗަށް ކުރި ހޯދާފައެވެ. އެއީ 45 ޕޮއިންޓް 35 ޕޮއިންޓް ހޯދާދީފައެވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޔޫއެން ފްރެންޑްސްގެ ފާތިމަތު ރިޝްމާއެވެ.