ޚަބަރު

އެފްއޭއެމްއިން ގެލާ ޝެކިލާޒޭ އާއި ކްރުނިޗް ލަޑިމީރް ގެނެސްފި


ކުރިއަށް އޮތް އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަނަށް ޓީމް ތައްޔާރުކުރުމަށް ގައުމީ ޓީމްގައި މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ތަޖުރިބާކާރު ޓްރެއިނަރު ކްރުނިޗް ލަޑިމީރް ގެނެސްފިއެވެ. އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ޓްރެއިނަރު ކްރުނިޗް ލަޑިމީރްއަކީ މިދިޔަ އަހަރު ރާއްޖެއިން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ކްރޯޝިޔާގެ ޕީޓަރ ސެގާޓްއާއެކު މަސައްކަތް ކުރި ދެ ފަރާތެއެވެ. ގެލާ އާއި ކުރުނިޗް ގެނެސްފައިވަނީ އޭއެފްސީ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި ވާދަކުރާ ރާއްޖޭގެ ޒުވާން ޓީމަށް ތައްޔާރުކުރުމަށް. އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް ވިދާޅުވީ ގައުމީ ޓީމްގައި މަސައްކަތްކުރި ބެލްޖިއަމްގެ އެސިސްޓަންޓް ކޯޗު ގެލާ ޝެކިލާޒޭ އާއި ޓްރެއިނަރު ކްރުނިޗް ލަޑިމީރް ގެނެސްފައިވަނީ މިމުބާރާތަށެއެވެ. އަދި މި ދެ ކޯޗުންގެ ކޮންޓްރެކްޓް އިތުރު ކުރުމަށް ނިންމާނީ މުބާރާތް ނިމުމަށްފަހުކަމަށް ޖަވާޒް ވިދާޅުވިއެވެ. ގައުމީ 23 އަހަރުން ދަށުގެ ޓީމްގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ސީނިއަރ ޓީމްގެވެސް ކޯޗް ޕީޓަރ ސެގާޓްއެވެ. އަދި އެސިސްޓަންޓް ކޯޗްއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ސީނިއަރ ޓީމްގެ އެސިސްޓަންޓް ކޯޗް އަހުމަދު ޝާކިރު އާއި ބެލްޖިއަމްގެ ގެލާ ޝެކިލާޒޭއެވެ. މިއަންނަ މަހުގެ 22ވަނަ ދުވަހު ސައުދީ އަރަބިއާގައި ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކޮލިފައިންގައި ރާއްޖޭގެ ޓީމް ލައްވާލާފައިވަނީ ގުރޫޕް ޑީގައެވެ. މި ގުރުޕްގައި ރާއްޖެއާއެކު ހިމެނެނީ ސައުދި އަރަބިއްޔާ، ޔޫއޭއީ އަދި ލެބަނަންއެވެ.