ޚަބަރު

މިނިސްޓަރު އިމްރާނަށް ހޯރަފުށިން ހޫނު މަރުޙަބާއެއް


ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲއަށް ހއ.ހޯރަފުއްޓަށް ވަޑައިގެންނެވުމުން އެމަނކިފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހޯރަފުއްޓަށް ވަޑައިގެންނެވީ ޔޫތު ލީޑަރސް ނެޓްވޯރކްގެ މި ދައުރުގެ ފުރަތަމަ މަސައްކަތު ބައްދަލުވުން އިފްތިތާހްކޮށްދެއްވުމަށެވެ. މިއީ ދެދުވަހުގެ ދަތުރުފުޅެކެވެ.

ޖުމްލަ 7 ސެޝަނަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 16:15ގައި ހއ.އަތޮޅު މަދަރުސާގައެވެ. ހޯމް މިނިސްޓްރީން ވިދާޅުވީ ޔޫތު ލީޑަރސްގެ މި މަސައްކަތު ބައްދަލުވުމުގައި މުހިންމު މައުލޫމާތު ތަކެއް ބައިވެރިންނަށް ލިބިގެންދާނެ ކަމަށެވެ.