ޚަބަރު

ހުޅުމާލޭ ގެސްޓްހައުސްއެއްގެ ރިސެޕްޝަނިސްޓަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި


ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްއެއްގެ ރިސެޕްޝަންގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ރޭ ފަތިހު 4:50 ހާއިރު ހުޅުމާލޭ ބީޗް ގެސްޓްހައުސްގެ ރިސެޕްޝަނިސްޓަކަށް ހުރި 18 އަހަރުގެ މީހަކަށް ކަމަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ޒަޚަމްވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

އެ މީހާއަށް ހަމަލާދީފައިވަނީ އެތަނަށް ދިޔަ ދެ މީހަކުވެގެން ކަމަށް ފުލުހުން ވިދާޅުވެއެވެ. ނަމަވެސް މި މައްސަލައިގާ މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.