ޚަބަރު

މާލެ ސްޕޯޓްސްއާ ވާދަކުރި މެޗް ތިން ވިކެޓުން މިލާން ކްރިކެޓް އެކަޑެމީއިން ކާމިޔާބުކޮށްފި


ޓީ ޓުވެންޓީ ޕްރިމިއަރ ލީގްގައި މިލާން އެކަޑަމީއާއި މާލޭ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް ތިން ވިކެޓުން މިލާން ކްރިކެޓް އެކަޑަމީއިން ކާމިޔާބުކޮށްފިއެވެ.

މެޗްގައި ޓޮސް ދިމާވުމުން މާލެ ސްޕޯޓްސް ކުލަބް ގަސްތުކުރީ ކުޅުމަށެވެ.
މާލޭ ސްޕޯޓްސް ކުލަބްއިން 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެންވަނީ 139 ލަނޑު ހަދާފައެވެ. މާލެ ސްޕޯޓްސް ކުލަބްއަށް އެންމެ ގިނަ ޕޮއިންޓް ހޯދާއިދިނީ އަބްދުﷲ ޝާހިދެވެ. ޝާހިދުވަނީ ވަނީ 38 ލަނޑު ހަދާފައެވެ. ޖަވާބުގައި މިލާން ކްރިކެޓް އެކަޑަމީއިން ކުޅެން އަރާ 19 އޯވަރުގެ ތެރޭގައި 7 ކުޅުންތެރިން ނުބައިވެގެންވަނީ 142 ލަނޑު ހަދާފައެވެ. މިލާން ކްރިކެޓް އެކަޑަމީއަށް އެންމެ ގިނަ ޕޮއިންޓް ހޯދާދީފައިވަނީ އިބްރާހިމް ނައްޝަތުއެވެ. ނައްޝަތުވަނީ 44 ލަނޑު ހަދާފައެވެ. މުބާރަތުގައި މިހާތަނަށް ދިހަ މެޗް ކުޅެފައިވާއިރު ތާވަލްގެ އެއްވަނާގައި އޮތީ 10 ޕޮއިންޓާއެކު ސީބީއެލް ސްޕޯޓްސްއެވެ.

އެމް.އެސް.ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި މާލެ ސްޕޯޓްސް ކުލަބްއަށްވެސް 10 ޕޮއިންޓް ލިބިފައިވެއެވެ. ސީބީއެއް މިހާތަނަށް މުބާރާތުގައި ދެ މެޗް ކުޅެފައިވާއިރު އެމް.އެސް.ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީ އާއި މާލެ ސްޕޯޓްސް ކުލަބްވަނީ ތިން މެޗް ކުޅެފައެވެ. މިލާން ކްރިކެޓް އެކަޑަމީއަށް 9 ޕޮއިންޓް ލިބިފައިވާއިރު ވިޔެންސާއަށް 5 ޕޮއިންޓް އަދި ނިއު ސްޓަރ، ހިންނަވަރު ހިރިޔާ އާއި އޮފް އޮފް އެފްސީއަށް އެއްވެސް ޕޮއިންޓް އެއް ލިބިފައެއް ނުވެއެވެ.