ޚަބަރު

ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަޅަނީ


ކްރިކެޓް ސްޓޭޑިއަމެއް ވަރަށް އަވަހަށް ރާއްޖޭގައި އެޅޭނެކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ. ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ ރާއްޖޭގައި ކްރިކެޓް ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ފެހި ސިގްނަލް ސަރުކާރުން ދެއްވާފައިވާކަމަށެއެވެ. އަފްލާޙު ވިދާޅުވީ މިއަދުގެ ސަރުކާރުން ކުޅިވަރަށް ދޭ އަހައްމިއްޔަތުކަން މިކަމުގެ ސަބަބުންވެސް އެގިގެންދާކަށެއެވެ. އަދި ސްޓޭޑިއަމް އެޅުމަށްޓަކައި ސަރުކާރުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދާކަމަށްވެސް އަފްލާޙު ވިދާޅުވިއެވެ. ކްރިކެޓް އެވޯޑް ނައިޓްގައި ވާހަދަފުޅުދައްކަވަމުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ މި ސްޓޭޑިއަމާއިއެކު ރާއްޖޭގެ ކްރިކެޓު އިތުރު ހަލުވިމިނެއްގައި ކުރިއަށްދާނެކަމުގެ އުއްމީދު ބޮޑުކަމަށެއެވެ. މިސްޓޭޑިއަން އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފޭސްގައިކަމަށެއެވެ. އަފްލާހު ވިދާޅުވީ މިއީ އިންޓަރ ނޭޝަނަލް ފެންވަރަކަށް ހެދޭ ސްޓޭޑިއަމްއެއްކަަމާއި މިސްޓޭޑިއަމްގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެ ކްރިކެޓް އެހެން ހަރުފަތަކަށް ގެންދިއުންކަމަށެއެވެ. މިސަރަހައްދުގެ ބައެއް މެޗްތަކާއި ކުދިކުދި މުބާރާތްތަށްވެސް މިސްޓޭޑިއަންގައި ކުޅުމަށްވެސް މަސައްކަތް ކުރާނެކަމަށް އަފްލާޙު ވިދާޅުވި. އަދި އައިސީސީ މެދުވެރި ވެގެން ސްޓޭޑިއަމ ބޭނުންކޮށްގެން ގިނަ އެހީތަކެއް ރާއްޖެއަށް ހީދުމަށްވެސް ހަމަޖެހިފައިވާކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވިއެވެ.

***********