ޚަބަރު

އިމްރާން ނަޝީދު އާއި ހިސާމް ސަލީމް ކުލަބް އީގަލްސްއަށް


އިމްރާން ނަޝީދު (އިންމަ) އާއި ހިސާމް ސަލީމް ކުލަބް އީގަލްސްއަށް ބަދަލުވެއްޖެއެވެ.

މިދެ ކުޅުންތެރިން މިދިޔަ އަހަރު ކުޅެފައިވަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށެވެ. އިމްރާން ނަޝީދު ކުލަބް އީގަލްސްއަށް ބަދަލްވެފައިވާއިރު މިދިޔަ އަހަރު ގިނަ މެޗްތަކުގައި އިމްނާން އިނީ ބެންޗުގައެވެ.

ކުލަބް އީގަލްސްއިން ފާހަގަ ކުރެވުނު އިމްރާން ނަޝީދުވަނީ އެކުލަބްގައި މޮޅު ކުޅުމެއް ދައްކާފައެވެ. އިމްރާން ނަޝީދުގެ ކެޕްޓަންކަމުގެ ދަށުން 2016 ވަނަ އަހަރު ކުލަބް އީގަލްސްއިންވަނީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. މިދިޔަ އަހަރު ނިއުއާއެކު އިންމަވަނީ އެސްޓީއޯ މާލޭ ލީގް ކާމިޔާބުކޮށްފައެވެ.

ހިސާމް ސަލީމް (ކޮކީ)އަކީ މިހާރު ރާއްޖޭގައި ތިބި ޑިފެންޑަރުންގެ ތެރެއިން ފާހަގަކޮށްލެވޭ ޑިފެންޑަރެކެވެ. 2016 ވަނަ އަހަރު ކުލަބް ވެލެންސިޔާއާއެކު ކޮކީވަނީ އެފްއޭކަޕް ކާމިޔާބުކޮށްފައެވެ.