ޚަބަރު

ޓީ ޓުވެންޓީ ޕްރިމިއަރ ލީގްގައި އިއްޔެ ކުޅުނު މެޗް ހިންނަވަރު ހިރިޔާ ކާމިޔާބުކޮށްފި


ޓީ ޓުވެންޓީ ޕްރިމިއަރ ލީގްގައި އިއްޔެ ކުޅުނު މެޗް ހިންނަވަރު ހިރިޔާ ކާމިޔާބުކޮށްފިއެވެ.

ހިންނަވަރު ހިރިޔާ މިމެޗް ކާމިޔާބުކޮށްފައިވަނީ ނިއު ސްޓަރއާއި ވާދަކޮށް 51 ލަނޑުންނެވެ. މެޗްގައި ޓޮސް ދިމާވުމުން ހިންނަވަރު ހިރިޔާ ގަސްތުކުރުރީ ކުޅުމަށެވެ. ހިންނަވަރު ހިރިހާ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 5 ކުޅުންތެރިން ނުބައިވެގެން ވަނީ 167 ލަނޑު ހަދާފައެވެ. ހިންނަވަރު ހިރިޔާއިން އެންމެ ރަގަނޅަށް ކުޅުނީ 49 ލަނޑު ހެދި އިބްރާހީމް އަލީއެވެ.

ޖަވާބުގައި ނިއު ސްޓަރއިން ކުޅެން އަރާ 15.3 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން އެޓީމްއަށް ހެދުނީ 116 ލަނޑެވެ. ނިއު ސްޓަރ ޓީމްއަށް އެންމެ ރަގަނޅަށް ކުޅުނީ 33 ލަނޑު ހެދި އަހުމަދު ނާސިރެވެ.

ކޮންމެ ހަފްތާ ބަންދުގައި ކުޅޭ މިމުބާރާތުގައި ތާވަލްގެ އެއްވަނާގައި މިވަގުތު އޮތީ 3 މެޗުން 15 ޕޮއިންޓް ލިބިގެން ސީބީއެލް ސްޕޯޓްސްއެވެ. ވިޔެންސާރއަށް 2 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، 5 މެޗުން 10 ޕޮއިންޓް ލިބިގެން ތާވަލްގެ ތިންވަނާގައި އޮތީ އެމްއެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. އަދި ތާވަލްގެ ހަތަރުވަނާގައި އޮތީ 4 މެޗުން ދިހަ ޕޮއިންޓް ލިބިގެން މާލޭ ސްޕޯޓްސް ކުލަބެވެ