ޚަބަރު

ދިވެހި ކަނބަލުންނަކީ ވަރަށް ހިތްވަރުގަދަ ލާމަސީލް ބައެއް - ނާއިބް ރައީސް


ދިވެހި ކަނބަލުންނަކީ ފިސާރި ހިތްވަރުގަދަ، ލާމަސީލު ނަމޫނާ ބައެއް ކަމަށް ނާއިބް ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރަމުން އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދިވެހި އަންހެން ކަނބަލުންނަށް ތަޙްނިޔާ އަރިސްކުރެއްވުމަށް ކުރެއްވި ޓުވީޓެއްގައެވެ.

ނާއިބް ރައީސްގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ މުޖުތަމައަށް ފައިދާހުރި ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަންހެން ބޭފުޅުން ކަމަށާއި ދިވެހި އަންހެނުންނަކީ ފިސާރި ހިތްވަރުގަދަ، ލާމަސީލު ނަމޫނާ ބައެއް ކަމަށެވެ.

"ރަނގަޅު ޖީލެއް ބިނާކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ އަންހެނުން. ދިވެހި އަންހެނުންނަކީ ފިސާރި ހިތްވަރުގަދަ ލާމަސީލު ބައެއް." ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނާއިބް ރައީސް ފައިސަލް ނަސީމަކީ ކަނބަލުން ބާރުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައި އަދި އިޖްތިމާއި ގޮތުން ދިވެހި ޤައުމާއި ރައްޔިތުންނަށް ލާބަޔާއި މަންފާ ހޯއްދަވައިދެއްވުމަށް އަމިއްލަފުޅު ހައިސިއްޔަތުންވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ ބޭފުޅެކެވެ.