ޚަބަރު

އޭވީސީ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމު ތައިލޭންޑައް ފުރައިފި



އޭވީސީ ބީޗް ވޮލީބޯޅަ ޓުއާގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ބީޗްވޮލީބޯޅަ ޓީމު ތައިލޭންޑަށް ފުރައިފިއެވެ.

ޓީމު ފުރުމުގެ ކުރިން ވޮލީބޯޅަ އެސޯސިއޭޝަންގެ ރަޢީސް މުޙައްމަދު ލަތީފް އާއި، ސީނިއާ ގައުމީ ޓީމުގެ މެނޭޖަރ، ޢަލީ ލަތީފް އާއި، ސީނިއާ ގައުމީ ފިރިހެން ޓީމުގެ ހެޑް ކޯޗް އިސްމާޢިލް ސާޖިދް އަދި، ސީނިއާ އަންހެން ގައުމީ ވޮލީބޯޅަ ޓީމުގެ ކޯޗް އިބްރާހިމް ރަޝީދު ވަނީ، ޓީމަށް ހިތްވަރުދީފައެވެ.

ތައިލޭންޑުގައި ކުރިއަށްދާ މި ޓުއާގެ ފައިނަލް ބުރަށް ކޮލިފައިވާން ދިވެހި ޓީމަށް ކޮލިފައިންގެ މެޗުތަކެއްވެސް ކުޅެންޖެހޭނެއެވެ. ޓުއާގައި ވާދަކުރުމަށް ފުރާފައިވަނީ ރާއްޖެއިން އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައިވެސް ވާދަކުރުމަށް ނަގާފައިވާ ގައުމީ ސްކޮޑެވެ.

ޓީމުގެ ފަރާތުން ވާހަކަ ދައްކަމުން ޝިއުނާޒް އަބްދުލް ވާހިދު ބުނީ، މި ޓުއާގެ ސަބަބުން މިއަހަރު ކުރިއަށް ވާދަކުރަން ހުރި މުބާރާތްތަކަށް ވަރަށް ބޮޑު ފައިދާއެއް ޓިމަށް ކުރާނެ ކަމަށާއި، ސަބަބަކީ މި ޓުއާގައި ވަރުގަދަ ޓީމުތަކަކާއި ދެކޮޅަށް މެޗުތައް ކުޅެން ލިބުން ކަމަށެވެ. އަދި ޚާއްސަކޮށް އައިއޯއައިޖޯ އަށް ތައްޔާރުވަމުން އަންނަނިކޮށް މިމުބާރާތް ކުޅެން ލިބުމަކީ، އައިއޯއައިޖީއަށް ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވާން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށްވެސް ޝިއުނާޒް ބުންޏެވެ.

ޝިއުނާޒް ބުނީ، މިޓުއާގައި އަމާޒަކީ ކޮލިފައިން ބުރު ފަހަނަ އަޅާގޮސް ފުރަތަމަ ބުރު ކުޅުން ކަމަށާއި، އަދި މިމުބާރާތުން ރަނގަޅު ތަޖުރިބާއެއް ހޯދުން ކަމަށެވެ.

"މިއީ ރާއްޖެއިން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ މުބާރާތެއް. އެކަމު މިހާރު އަޅުގަނޑުމެން އައިއޯއައިޖީ އަށް ތައްޔާރުވަމުން އަންނައިރު، މިދުވަސްކޮޅާ ދިމާވުމުން މިއީ ރަނގަޅު ފުރުސަތެއް. މިމުބާރާތުގަ ނިއުޒިލޭންޑް އާއި އޮސްޓްރޭލިއާ ފަދަ ވަރުގަދަ ޤައުމުތަށް އެބަ ވާދަކުރޭ، އެހެންވީމަ މިއީ އަޅުނޑުމެންނަށް އައިއޯއައިޖީގެ އާމާޒަށް ވާސިލުވާންވެސް ލިބޭ ވަރަށް ބޮޑު ފުރުސަތެއް. " ޝިއުނާޒް ބުންޏެވެ.

މިފަހަރުގެ އައިއޯއައިޖީގައި މުޅިން އަލަށް ބޯޗްވޮލީ ހިމަނާފައިވާއިރު، ރާއްޖެއިން އަމާޒުހިފާފައިވަމީ މުބަރާތުން މެޑަލްއެއް ކަމިޔާބު ކުރުމަށެވެ.