ޚަބަރު

150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފި


ރާއްޖެއަށް އެތެރެކޮށް، ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ 150 ކިލޯގެ މަސްތުވާތަކެތި ހޯދާފައިވަނީ ގދ.އަތޮޅު ފަޅު ރަށެއްގައި ވަޅުލާފައިވަނިކޮށްކަމަށެވެ. އަތުލައިގަތް މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފިޔާއަށް އަރާއިރު، މަސްތުވާތަކެތި ފެނިފައިވަނީ ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި ޑިވިޝަނަލް ޕޮލިސިންގ ކޮމާންޑް އަދި ޑްރަގް އިންޓެލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.

150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންކަން ފުލުހުން ހާމަކޮށްފައިވަނީ، ފުލުހުންގެ 56 ވަނަ އަހަރީ ދުވަހާ ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނަރ ނައިޓްގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން 5 މީހަކު ހައްޔަރުކޮށްފައިވާކަމަށާއި އިތުރު ތަފްސީލް ފަހުން ހާމަކުރައްވާނެކަމަށެވެ.